"ތ. ވޭމަންޑޫ ކައުންސިލަށް ލިބެން ޖެހޭ 1.38 މިލިއަން ރުފިޔާގެ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށް" އޮޑިޓު ރިޕޯޓަކާ ހަވާލާދީ މި ނޫހުގައި ޝާއިއު ކުރި ހަބަރުގައި ވޭމަންޑޫ ކައުންސިލް ޖެހިފައި ވަނީ އޮޅުމަކުންނެވެ.
މި މަހުގެ 18 ވަނަ ދުވަހު އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ރިޕޯޓަކީ 2023 ވަނަ އަހަރުގެ ތ. އަތޮޅު ކައުންސިލުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓެކެވެ. އެ ރިޕޯޓްގައި ބަޔާންކޮށްފައި ހުރި ކަންކަމަށް މި ނޫހުން ލިޔުނު ހަބަރުގައި ތ އަތޮޅު ކައުންސިލްގެ ބަދަލުގައި ޖެހިފައި ވަނީ ތ. ވޭމަނޑު ކައުންސިލެވެ.
އެގޮތަށް ޖެހިފައިވަނީ އޮޅުމަކުން ކަމުން ވޭމަންޑޫ ކައުންސިލާއި ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ. އަދި މައުލޫމާތުގެ އޮޅުމެއް އޮތުމާއެކު އެ ހަބަރު ވާނީ މިހާރު ނާގާފައެވެ.