އެސްޓީއޯ ޖެނެރަލް ޓްރޭޑިން ފަރާތުން ރެސްޓޯރަންޓް/ކެފޭތަކަށާއި، ކްރެޑިޓް އޮފާ އި އަދި އެޕާޓްމަންޓް ތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ކޮށްގެން މުޅިން އާ 3 ޕްރޮމޯޝަން އެއް ތައާރަފް ކޮށްފިއެވެ.
ރެސްޓޯރަންޓް ކެފޭ ތަކަށް ހާއްސަ ޕްރޮމޯޝަން
ރެސްޓޯރަންޓް އަދި ކެފޭ ހިންގާ ފަރާތްތަކުން މި ޕްރޮމޯޝަން އަށް ހާއްސަ ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުމުން 3 މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނެކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ. މި ޕްރޮމޯޝަން ގެ ތެރެއިން ރެސްޓޯރަންޓް އަދި ކެފޭ ތަކަށް ހާއްސަ އަގުތަކެއްވެސް ކަނޑައަޅާފައިވާކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ.
3 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވިޔަފާރި ކުރާ 10 ފަރާތުގެ ތެރެއިން:
- 1 ވަނަ އިނާމަކަށް 150،000 ރުފިޔާގެ ކްރެޑިޓް
- 2 ވަނަ އިނާމަކަށް 100،000 ރުފިޔާ ގެ ކްރެޑިޓް
- 3 ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް
މީގެ އިތުރުން ބާކީ 7 ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ އެއް ދޭގޮތަށް ހަމަޖެހިފައިވާއިރު އެސްޓިއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަތުން ކުރާ ވިޔަފާރިތަކަށް ކަމަށެވެ.
ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ އޮފާ
ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި އޮފާގެ ތެރޭގައި ޖެނެރަލް ޓްރޭޑިން، ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެސްޓިއޯ އިން ބުނީ 3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އޮފާގައި މި 3 މަސް ދުވަހުގެތެރޭ ކްރެޑިޓަށް މުދާ ނަގައިގެން އަދި އެޖެންޓު ގޮތުގައި ވިޔަފާރި ކޮށްގެން ގުރުއަތުން ހޮވޭ 3 ފަރާތް ހޮވުމަށް ހަމަޖެހިފައިވާކަމަށެވެ.
- 1 ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް
- 2 ވަނަ އިނާމަކަށް 75،000 ރުފިޔާ ފެ ކްރެޑިޓް
- 3 ވަނަ އިނާމަކަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ހަމަޖެހިގެންދާނެއެވެ.
މި ޕްރޮމޯޝަންވެސް ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަތުކުން ކުރާ ވިޔަފާރިތަކަށެވެ.
އެޕާޓުމަންޓް އޮފާ
މި އޮފަ ހާއްސަ ކުރެވިފައިވަނީ ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާރޓުމަންޓު ތަކަށް ބަދަލުވާ ފަރާތްތަކަށް ކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ. މި އޮފާގައި ހިމެނޭނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ވިއްކާ ހޯމް އެޕްލަޔަންސް ގެ ބާވަތްތަކެވެ.
- 15،000-25،000 ދެމެދު ވިޔަފާރި ކުރާ ފަރާތްތަކަށް 12 ޕަސެންޓު ޑިސްކައުންޓް
- 25،000-35،000 ދެމެދު ވިޔަފާރި ކުރާ ފަރާތަތަކަށް 15 ޕަސެންޓު ޑިސްކައުންޓު
- 35،000 ރުފިޔާ އިން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް 18 ޕަސެންޓު ޑިސްކައުންޓު ލިބިގެންދާނެއެވެ.
އެސްޓިއޯ އިން ބުނީ ހިޓާޗީ އެއާކޮނޑިޝަނާއިން 2.5 ޕަސެންޓުގެ ޑިސްކަންޓު ލިބިގެންދާނެ ކަމަށެވެ. އެސްޓިއޯ އިން ބުނީ މި ތަކެތި ގަންނަން އަންނައިރު އެޕާޓުމަންޓު ލިބުނު ކަމުގެ ލިޔުން ގެންނަންވާނެކަމަށެވެ.
މި އޮފާ 2025 ވަނަ އަހަރު ނިމެންދެން ކުރިއަށް ގެންދާއިރު މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.