ރާއްޖޭގައި ފުރަތަމަ ފަހަަރަށް ޓެސްލާއެއް ބޭނުންކޮށްގެން ޓެކްސީކުރުމުގެ ހިދުމަތް ފަށައިފިއެވެ.

މާލެ ސަރަހައްދުގައި "އަވަސް ރައިޑް" އެޕް މެދުވެރިކޮށް ޓެސްލާގައި ޓެކްސީ ކުރަން ފަށާފައިވަނީ, ހއ. ތަކަންދުއަށް އުފަން އަލީ ޒަމީރެވެ.

ސްލާގެ "މޮޑެލް3"ގެ ކާރެއްގެ ކާރުގައި އަލީ ޒަމީރު ޓެކްސީކުރަން ފަށާފައިވާއިރު، މި ކާރަކީ ތިމާވެއްޓާއި ރައްޓެހި އެންމެ ޒަމާނީ އިލެކްޓްރިކް ކާރެކެވެ.

ޕީއެސްއެމްގެ ނޫސްވެރިޔާ ހުސެއިން ފަރިޔާޒް ވަނީ ޓެސްލާގައި ކުރި ދަތުރުގެ ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު ޓެސްލާގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ކުރީ ބައިގައި ބުކިންއެއް ހެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. ބުކިން ހައްދާއިރު ދެ ފަރާތުން އެއްބަސްވާ އަގެއް ނެގުމަށް ހަމަޖެހިފައިވާއިރު އާންމުގޮތެއްގައި ޓެސްލާއިން ޓެކްސީކޮށްދެނީ ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގުތަކަށް ކަމަށް ވެސް ކާރުގެ ވެރިފަރާތުންވަނީ ބުނެފައިވެއެވެ.

އާންމުންނަށް ޓެކްސީގެ ހިދުމަތް ފެށި ޓެސްލާއަކީ ދިރާގުން ކުރިއަށްގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގައި ނަސީބުވެރިޔާއަށް ލިބުނު ކާރެވެ. އޭނާ އެ ކާރު އަށް ލައްކަ ރުފިޔާއަށް ވިއްކާލިއިރު މިހާރު އެ ޓެސްލާގައި ޓެކްސީ ކުރަން ފަށާފައިވަނީ އެ ކާރު ގަތް ފަރާތުންނެވެ.