އިޓަލީގައި ރަޖިސްޓްރީ ކޮށްފައި ވާ މާސިންގާ ބޮޑު ކްރޫޒްލައިނާ، އައިޑާސްޓެއްލާ ރާއްޖެ އަތުވެއްޖެއެވެ.
ޖުމްލަ 2700 މީހުންގެ ޖާގަ އޮންނަ ކްރޫޒް ލައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރި 2650 މީހަކަށް ރާއްޖޭގެ ކަސްޓަމްސް އިން ވަނީ ކްލިއަރެންސް ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ، 2022 ފަސިންޖަރުންނާއި 628 ކްރޫއިންނެވެ.
ކޮލޮމްބޯއިން ފުރި މި ކްރޫޒް ލައިނާ ރާއްޖޭގައި ބަނދަރުކޮށްފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. މީގެ ދެވަނަ މަންޒިލަކީ ސޭޝަލްސް އެވެ.
ކްރޫޒް ލައިނާތަކުގުގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ޓީޖީއެސްޓީ ނަގަން ނިމިދިޔަ ސަރުކާރުން ފެށުމާއެކު ކްރޫޒްލައިނާތައް ވަނީ ރާއްޖެ އައުން ހުއްޓާލާފައެވެ. ފީ ނަގާ އުސޫލުގައި އޮތީ ކްރޫޒް ލައިނާތަކުން ރާއްޖެ ހިމަނާ ޓޫރިސްޓުންނަށް ޕެކޭޖް ވިއްކާ ނަމަ ވިއްކާ ޖުމްލަ އަގުގެ 16 ޕަސެންޓް ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ގޮތަށެވެ.
ނަމަވެސް އެ ގަވާއިދު ބަދަލުކުރުމާއެކު ކްރޫޒް ލައިނާތައް އައުން އިތުރުވެފައި ވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އާ އަހަރާ ދިމާކޮށް ގިނަ ކްރޫޒްލައިނާތައް ރާއްޖެ ޒިޔާރަތް ކޮށްފައި ވާއިރު މިދިޔަ މާޗު މަހު ވަނީ، ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރަމުން ދާ ކްރޫޒްލައިނާއެއް ކަމަށްވާ، އެމްއެސް ކްރިސްޓަލް ސިންފަނީ ވެސް ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
ކްރޫޒްލައިނާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރަމުން އަންނަ ވަރަށް މުހިންމު މާކެޓަކަށް ވާއިރު ގިނަގިނައިން ކްރޫޒް ލައިނާ ރާއްޖެ އައުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ކުރިއެރުމެކެވެ.