ދިރުވާލައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ދެ ފަސިންޖަރަކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދެއްވި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ، އެ ދެ މީހުންގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން އެމީހުން ހިފަހައްޓައި، ކަސްޓަމްސް އޮފިސަރުން އެ ފަސިންޖަރުންނާ ސުވާލުކޮށް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
އަދި އެ ދެ މީހުން އިތުރަށް ސްކޭންކޮށް ބެލިބެލުމުން، އެމީހުންގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އެމީހުންގެ ހަށިގަނޑުން ޖުމްލަ 142 ބުލެޓްގެ މަސްތުވާތަކެތި ވަނީ ނަގާފައެވެ.
ކަސްޓަމްސްއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1183.8 ގްރާމް ހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ:
- 51.6 ގްރާމް މޯފިން
- 424.0 ގްރާމް ކޮކެއިން
- 708.2 ގްރާމް ހެރޮއިން
މި ތަކެތި އަތުލައިގެންފައިވަނީ ވެލާނާ އެއާޕޯޓަށް، 25 ސެޕްޓެންބަރު 2026 ގައި ތައިލެންޑުން ރާއްޖެ އައި ނޭޕާލްގެ ދެ ފަސިންޖަރެއްގެ އަތުންނެވެ.
