ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
އެގޮތުން ބޭފުޅުން އައްޔަން ކުރައްވާފައިވަނީ ޑެޕިއުޓީ ޕީޖީގެ މަގާމަށާއި އަދި އެސިސްޓެންޓް ޕީޖީގެ މަގާމަށެވެ. އެ ބޭފުޅުންނަކީ:
- ޑެޕިއުޓީ ޕީޖީގެ މަގާމަށް: އައިޝަތު މުހައްމަދު
- އެސިސްޓެންޓް ޕީޖީގެ މަގާމަށް: ހުސެއިން ސާމީ
އައިޝަތު މުހައްމަދަކީ 2011 ވަނަ އަހަރުން ފެށިގެން ޕީޖީގައި މަސައްކަތްކުރައްވާ ފަރާތެކެވެ. އަދި ސާމީ އަކީ 2018 ވަނަ އަހަރުން ފެށިގެން ޕީޖީގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އައި ބޭފުޅެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޑެޕިއުޓީ ޕީޖީގެ މަގާމް ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ސަމީރު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ސަމީރު އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ސަމީރު އިސްތިއުފާ ދެއްވުމާއެކު އެމަގާމު ފުރުއްވަމުން އައިސްފައިވަނީ މަހުމޫދު ސަލީމްއެވެ. ޕީޖީ އޮފީހުން ވަނީ ސަމީރު ދެންވެސް އެ މަގާމުގައި ދެމި ހުންނަވާނެ ކަމަށް ބުނެފައެވެ.