އެޕަލް ވޮޗް ގެންގުޅޭ އުރީދޫ ކަސްޓަމަރުންނަށް މިހާރު އެޕަލް ވޮޗް ސެލިއުލާ ސާވިސްގެ ދަށުން އުރީދޫ އީސިމްގެ ހިދުމަތް ބޭނުންކުރެވޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫ އީސިމް ވެއާރަބަލްސް ގެ ހިދުމަތް އެޕްލް ވޮޗް ގެންގުޅޭ ފަރާތް ތަކަށް ތައާރަފުކޮށްފާވާއިރު، މިހާރު ކުރިއަށް ދާ ހާއްސަ އޮފާ ގެ ދަށުން ހިދުމަތް ނަގާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ލިބޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ

އިތުރަށް އުރީދޫ އިން ބުނީ މި ހާއްސަ އޮފާ ގެ މުއްދަތަށް ފަހު މަހަކު 200 ރުފިޔާއަށް ހިދުމަތް ލިބޭނެކަމަށެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި ހިދުމަތް ހުޅުވާލާފައިވާއިރު، ހިދުމަތް ނަގާ ފަރާތްތަކަށް ކައިރީގައި އައިފޯން ނެތްކަމުގައި ވިޔަސް ސީދާ އެޕަލް ވޮޗުން ކޯލް ކުރެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އިތުބާރު ކުރެވޭ ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން މޫލީ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.