އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގުޅިގެން ރާއްޖޭގެ އެންމެ މޮޅު ބައެއް ސިމް ރޭސަރުން އެއްތަނަކަށް ގެނެސް، ކުރިއަށް ގެންދިޔަ ގްރޭންޑް ޓިއުރިސްމޯ 7 ގެ ލެޖެންޑްސް ސާކިޓްގެ ސީޒަން އެކެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އުރީދޫއިން ބުނީ 5،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކުރިއަށް ދިޔަ މި ޓޯނަމެންޓގައި 15 ކުޅުންތެރިން ބައިވެރިވެފައިވާކަމަށެވެ.
- ޗެމްޕިއަން: މުހައްމަދު މާއިޝް (2500 ރުފިޔާ)
- ދެ ވަނަ: މުހައްމަދު ޔޫހު (1500 ރުފިޔާ)
- 3 ވަނަ: އަޔާން އަހުމަދު (1000 ރުފިޔާ)
މި ސީޒަންގެ އެންމެ މޮޅު ތިން ކުޅުންތެރިން ޖީޓީ7 ލެޖެންޑްސް ސާކިޓް ގެ ގްރޭންޑް ފިނާލޭ އަށް ކޮލިފައިވެފައިވާކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
މި މުބާރާތުގެ ސީޒަން ދޭއް ގެ މައުލޫމާތު އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނު ކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ޖީޓީ7 ލެޖެންޑްސް ސާކިޓް ގްރޭންޑް ފިނާލޭގައި ދެ ސީޒަނުން ވަނަ ހޯދާ ކޮލިފައި ވާ ފަރާތްތަކުން ވާދަކުރާނީ 15،000 ރުފިޔާގެ އަލްޓިމޭޓް ޕްރައިޒް ޕޫލަކަށް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.