ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
އެކި މަސްދަރުތަކުގައިވާ ގޮތުން ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވީ، ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހުގެރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހްގީގުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި ބާއްވަމުންދާ ސިލްސިލާ އިހްތިޖާޖުތަކުގައި ޝުޖާއުގެ އިސްތިއުފާ އަށް ގޮވަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމުގައި ފުލުހުންނާއި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ރަސްމީ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް ލިބޭ ގޮތެއް ނުވިއެވެ.
އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމުގައި އޭރު ހުންނެވި ޝުޖާއަށް މަގާމުގެ ކުރިއެރުން ދެއްވައި ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ ޑިސެމްބަރު 25، 2023 ގައެވެ.
ޝުޖާއު ވަނީ ފުލުހުންގެ އެކަޑެމީ އާއި އެފްސީޕީޑީގެ އިސްވެރިޔާގެ މަގާމު ވެސް މީގެ ކުރިން ފުރުއްވައިފައެވެ.