ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް، ފަނޑިޔާރު މުހައްމަދު ފައިސަލް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމު ފުރުއްވަމުން ގެންދެވި ހުސައިން ޝަހީދު ސުޕްރީމްކޯޓަށް އައްޔަންކުރެއްވުމުންނެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް ފައިސަލް އައްޔަންކުރުމަށް ނިންމާފައިވާއިރު، ޝަހީދު ސުޕްރީމްކޯޓަށް އައްޔަންކުރެއްވުމުން ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ވެސް ފައިސަލްއަށެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް ފައިސަލް އައްޔަންކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ.