އުރީދޫ މޯލްޑިވްސް އިން އަނެއްކާވެސް އުރީދޫގެ ކަސްޓަމަރުންނަށް ބޭނުންތެރި ތަފާތު ޑޭޓާ ޕެކެއް އެކްޓިވޭޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހެއްސަ ޑޭޓާގެ ނަމުގައި އުރީދޫ އިން ހުޅުވާލި މި ޑޭޓާ ޕެކޭޖަކީ މަހަކަށް 120 ޖީބީ ލިބޭ ޕެކޭޖެއްކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އެގޮތުން އެއީ 80 ރެގިއުލާ ޖީބީއާއި 40 ޖީބީގެ ސްޓްރީމިން ޑޭޓާ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ ހެއްސަ ޑޭޓާ މި ޕެކޭޖުގެ އަގަކީ 699 ރުފިޔާއަށްވާއިރު މިއީ 30 ދުވަހުގެ ޕެކޭޖެކެވެ. އުރީދޫ އިން ބުނީ އުރީދޫ އެޕް މެދުވެރިކޮށް މި ޑޭޓާ ޕެކޭޖު އެކްޓިވޭޓު ކުރެވޭނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ތަޖުރިބާތައް ކުރިއެރުވުމުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. އަދި ހަމައެހެންމެ އެއީ ރާއްޖޭގެ ޓެލެކޮމް ލޭންޑްސްކޭޕްގެ ޕޭސްމޭކާ ވެސް މެއެވެ.

އުރީދޫ އިން ދަނީ އުރީދޫގެ ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތަކާއެކު އަގުހުރި އިނާމްތަކެއްވެސް ފޯރުކޮށްދެމުންނެވެ. އެގޮތުން އުރީދޫ އިން މިހާރުވެސް ވަނީ އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށާފައެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ޖުމުލަ 19 އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމަކަށް ނަސީބުވެރި 2 ފަރާތަކަށް ހައްޖު ދަތުރެއް ލިބިގެންދާނެ ކަމަށެވެ.