އައްޑޫ ސިޓީ ފޭދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ، އައްޑޫ ސިޓީ ފޭދޫ އުލްފަތު، އިބްރާހީމް ސިޔާދު (36އ) ކެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއްޖެހި ހިނގި އެކްސިޑެންޓުގެ މައުލޫމާތު މިރޭ 19:29 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ. ފޭދޫ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލް ދުއްވި އިބްރާހީމް ސިޔާދު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށެވެ.
މި އެކްސިޑެންޓުގައި ކާރު ދުއްވި ގދ.ފިޔޯރީ މާގޯލްޑް މުހައްމަދު މާހިލް މުމްތާޒު (23އ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.