އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ދިމާކޮށް ގިނަ ކަންތައްތަކެއް ކުރުމަށް ނިންމައިފިއެވެ.
އުރީދޫ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ތަޖުރިބާތައް ކުރިއެރުވުމުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. އަދި ހަމައެހެންމެ އެއީ ީ ރާއްޖޭގެ ޓެލެކޮމް ލޭންޑްސްކޭޕްގެ ޕޭސްމޭކާ ވެސް މެއެވެ.
3ޖީ، 4ޖީ އަދި 5ޖީ އެއަރފައިބަރ ބްރޯޑްބޭންޑް ރާއްޖެއަށް ތަޢާރަފްކުރި ފުރަތަމަ ކުންފުނި އަދި، ސަބްމެރިން ކޭބަލް މެދުވެރިކޮށް މުޅި ރާއްޖެ 4ޖީ+ ނެޓްވޯކާ ގުޅާލީވެސް އުރީދޫން ކަމަށްވާއިރު އިނޮވޭޝަން ވަނީ އުރީދޫގެ ޑީއެންއޭ އާއި ގުޅި ލާމެހިފައެވެ. މީގެ އިތުރުން ވެސް ހުޅުމާލޭގައި އުރީދޫގެ ޓިއާ 3 ޑޭޓާ ސެންޓަރާއި، ކުޅުދުއްފުށީގައި ރީޖަނަލް ޑޭޓާ ސެންޓަރެއް ގާއިމުކޮށް، ޑިޖިޓަލް ދުނިޔޭގައި ރާއްޖެ ކުރިއަށް ދިއުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
އަދި ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމުގެ ގޮތުން އުރީދޫ ނޭޝަން ވަނީ ތައާރަފުކުރެވިފައެވެ. ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް ޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޕްރޮޑަކްޓްތައް ގެނެސް، މި މުޖުތަމައުގައި އިންވެސްޓްކުރުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ދެއެވެ. އުރީދޫގެ 20 އަހަރުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަސްޓަމަރުންނަށް ހާއްސަ ބައެއް ކަންކަން ކުރަމުން އެބަދެއެވެ. އެގޮތުން
ލިިވް އަންލިމިޓެޑް:
ލިވް އަންލިމިޓެޑް ވިތު އުރީދޫ އަކީ ހަމައެކަނި ސްލޯގަންއެއް ނޫނެވެ - އެއީ ވައުދެކެވެ. ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ތިމާގެ ލޯބިވާ މީހުންނާއި، ތިމާގެ ޝައުގުވެރިކަމާއި، އަދި ބޭރު ދުނިޔެއާ ގުޅިފައި ހުންނާނެ ކަމުގެ ވައުދެކެވެ. އެންމެ މަގުބޫލު ޝޯތައް ސްޓްރީމް ކޮށް، ގޭމްކުޅެ، ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ކަންކަކް ކުރުމަށް ލިމިޓަކާއި ނުލާ ކަނެކްޓިވިޓީ އުރީދޫއިން ފޯރުކޮށްދޭނެއެވެ. އުރީދޫގެ 20 އަހަރުގެ މުނާސަބަތުގައި ކޮންމެ 20 ދުވަހަކުން 1 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާއިރު ޖުމްލަ 19 އުމްރާ ދަތުރު ދޭނެއެވެ. މި އުމްރާ ދަތުރުތަކުގެ އިތުރުން ލަކީޑްރޯއެއް މެދުވެރިކޮށް 2 މީހަކަށް ހައްޖު ދަތުރެއް ބޮޑު އިނާމުގެ ގޮތުގައި ދިނުމަށް ވެސް ނިންމާފައި ވެއެވެ.
އެޕަލް ވެއާބަލްސް:
އެޕަލް ވެއާބަލްސްއެޕަލް ވޮޗް ސީރީޒް 10 އަދި އެޕަލް ވޮޗް އަލްޓްރާއަށް އުރީދޫ އީސިމްގެ ހިދުމަތް ފޯރުކޮށްދޭ އެޕަލް ވޮޗް ސެލިއުލާ ސާވިސް ފޯރުކޮށްދެއެވެ. މިއީ ރާއްޖޭގައި މިފަދަ ހިދުމަތެއް ދެވޭ ފުރަތަމަ ފަހަރެވެ. އަދި އުރީދޫ ގުރޫޕުގެ ފަރާތުން މި ސާވިސް ފޯރުކޮށްދެވޭ 3 ވަނަ ގައުމުވެސް މެއެވެ. މި ހިދުމަތް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ހިލޭ ލިބޭނެ ކަމަށާއި އެއަށް ފަހު މަހަކު 199 ރުފިޔާއަށް ހިދުމަތް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ. މި ހިދުމަތުގެ ސަބަބުން ފޯނު ބޭނުން ނުކޮށް ސީދާ އެޕަލް ވޮޗުން ގުޅާލެވޭނެ އެވެ.
ސްމާޓާ ހޯމް:
ސުޕަނެޓް ކަނެކްޝަންތަކާއެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ދަށުން، ސެކިއުރިޓީ ކެމެރާ އަކާއި ސްމާޓް ޑޯބެލް ފަދަ ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގޭބިސީތަކަށް ލުއި ފަސޭހަކަމާއި ސަލާމަތާއި ހިތްހަމަޖެހުން ގެނެސްދެއެވެ. ސްމާޓާ ހޯމް އިނީޝިއޭޓިވް އަކީ ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން ސްމާޓް ޑިވައިސްތައް ބޭނުންކޮށްގެން އާންމު ދިރިއުޅުމަށް ފަސޭހަކަމާއި ރައްކާތެރިކަން ގެނައުމަށް ލޯންޗުކުރެވުނު ޕްރަޑަކްޓެކެވެ. ކުރިއަށް އޮތް ތަނުގައި އުރީދޫގެ ޕޯޓްފޯލިއޯއަށް އާ ސްމާޓް ޑިވައިސްތައް އިތުރުވެގެންދާނެ ކަމަށް ވެއެވެ.
ފަން ރަން:
ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އުރީދޫ ފަން ރަން 2 ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޑިސެމްބަރު މަހު ހުޅުމާލޭގައި ފަން ރަން ބާއްވާއިރު، މިއަހަރުގެ އަތޮޅު އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ޖޫން 2025 ގައި އައްޑޫ ސިޓީގައެވެ.
މަސް ރޭސް:
މިއަހަރުވެސް 3 ތަނެއްގައި މަސްރޭސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާލެ އަތޮޅާއި ރާއްޖޭގެ ދެކުނު އަދި އުތުރުގެ ރަށެއްގައި އޮގަސްޓު މަހު މަސްރޭސް ބޭއްވުމަށް ނިންމާފައި ވެއެވެ. މަސްރޭސް ބޭއްވުމަށް އެކި ރަށްރަށުން ވަރަށް ގިނަ ރިކުއެސްޓްތައް ލިބެމުންދާތީ، އުތުރާއި ދެކުނުގެ ރަށު ކައުންސިލްތަކަށް މަސްރޭސް އެމީހުންގެ ރަށްރަށުގައި ބޭއްވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އާ އެމްބެސެޑަރު:
އުރީދޫއަކީ ދިވެހި ހުނަރުވެރިންނާއި މުޖުތަމައުއަށް އިންވެސްޓްކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އެގޮތުން ފުޓްބޯޅައަށް އިންވެސްޓް ކުރުމަށް މާޒިޔާއާ އެކު ޕާޓްނާޝިޕް، ހަބޭސް ބޮޑުބެރުއާ އެކު ޕާޓްނާޝިޕާ އެކު ކަލްޗާ އަށް އިންވެސްޓުކުރަމުން ދެއެވެ. މިއަހަރު އުރީދޫއަށް އާ ސަފީރަކު އައްޔަންކޮށް، މަސްވެރިކަމުގެ ދާއިރާއަށް ވެފައިވާ ވައުދު އަލުން ކަށަވަރު ވެގެން ދާނެ ކަމަށް އުރީދޫއިން ބުނެއެވެ. އެގޮތުން އެ ކުންފުނި ހަމަޖެއްސި އާ ސަފީރަކީ އާދަމް ރަޝީދު، ސޯޝަލް މީޑިއާގައި މަޝްހޫރު، އޭނާގެ ޗެނަލް ނަން "ދަ ލައިފް އޮފް އަ ފިޝާމޭން" ފަރެސް މާތޮޑާގެ ޕޯލް އެންޑް ލައިން މަސްވެރިއެއްގެ ގޮތުގައި އޭނާގެ ދަތުރާއި އެޑްވެންޗާތައް ހިއްސާކުރަމުން ދެއެވެ.
އުރީދޫއިން މިހާރު މަސައްކަތް ކުރަމުން ދަނީ، ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެ އާއި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ހާއްސަ ޕްރޮޖެކްޓެއްގެ މަސައްކަތެވެ. 20 އަހަރަކީ ކުޑަ ދުވަސްކޮޅަކަށްވީ ނަމަވެސް، އުރީދޫއިން ދަނީ މުވައްޒަފުންނާއި މެނޭޖްމަންޓުން ބުރަ މަސައްކަތުން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް، ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ރާއްޖެއަށް ގެންނަމުންނެވެ.
މުޅި އަހަރަށް އަދިވެސް އިތުރު ސަޕްރައިޒްތަކެއް އަންނަން ހުރި ކަމަށް ފާހަގަކޮށް އުރީދޫއިން އިތުރަށް ބުނީ، "ލިވް އަންލިމިޓަޑް" ތަޖުރިބާއާއެކު އާންމު ދިރިއުޅުމަށް ފަސޭހަވާނެ ފަދަ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.