ރޯދަމަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން އުރީދޫގެ ކަސްޓަމަރުންނަށް ހުޅުވާލި ކަރާ ފެޅުން ގޭމުގެ އެންމެ އަގުހުރި އިނާމް ކަމުގައިވާ އެޕަލް ބަންޑްލް އަދި ޓީވީގެ ނަސީބުވެރި ފަރާތަށް އެ ތަކެތި ހަވާލުކޮށްފިއެވެ.
އުރީދޫ އިން ބުނީ އެޕަލް ބަންޑްލް އަދި ޓީވީ ލިބިފައިވަނީ މަރިޔަމް ޝާދިޔާއަށް ކަމަށާއި، މި ތަކެއްޗާއި ޝާދިޔާގެ ފަރާތުން ހަވާލުވެފައިވަނީ އައިޝަތު ނުޒްލާ ކަމަށެވެ.
އުރީދޫ ގްރޭންޑް ޕްރައިޒް އަކީ އަގުހުރި 10 އެޕަލް ޕްރޮޑަކްޓްސްގެ ބިޔަ ބަންޑަލް އެކެވެ. މި ބަންޑްލްގައި ހިމެނެނީ: އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް އަދި އެއާޕޮޑްސް މެކްސް – 65 ޓީވީ އެވެ.
ގްރޭންޑް ޕްރައިޒްގެ އިތުރުން އުރީދޫ ކަރާ ފެޅުން ގޭމުން ވަނީ ތަފާތު އިނާމުތައް ނަސީބުވެރި ފަރާތްތަކާއި ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި އެއާފްރަޔާ، ވެކިއުމް ކްލީނާ، ނިންޓެންޑޯ ސްވިޗް އަދި އެޕަލް ވޮޗް ހިމެނެއެވެ.
ކޮންމެ އަހަރަކުވެސް އުރީދޫ އިން ގެންދަނީ ހާއްސަ ކޮށް ރޯދަަހަށް ހާއްސަކޮށްގެން އުރީދޫގެ ކަސްޓަމަރުންނަށް މަޖާ ހަރަކާތްތަކަކާއެކު ގޭމުތަކެއް ކުޅެލައިގެން އަގުހުރި އެތައް އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދެމުންނެވެ. އެގޮތުން ވަނީ މިދިޔަ ދެ އަހަރު އުރީދޫގެ ހަދިޔާފޮށިން ކާމިޔާބު ކަމާއެކު އެތަކެއް ހަދިޔާތަކެއް އުރީދޫގެ ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ. ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ވަނީ ޕީއެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާގެ އިތުރުން ޑޭޓާ ޕެކާއި ގޭމިން ޕެކް ދީފައެވެ.