ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް ހާއްސްކޮށް މި ރޯދަމަހު ތައާރަފު ކުރި ހިތްގައިމު މޮބައިލް ގޭމް ކަމަށްވާ އުރީދޫ ކަރާ ފެޅުން ނިންމާލުމަށް 2 ދުވަހަށް ވެއްޖެއެވެ.

އުރީދޫ އިން ބނީ، ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު މި ގޭމް ނިންމާލާއިރު، މިއީ އެޕަލްގެ އެންމެ ފަހުގެ ޑިވައިސްތަކާއި ހިތްގައިމު 65"ގެ ޓީވީއެއް ހިމެނޭ 10 އިނާމުގެ ބަންޑަލް އެއް ހޯދުމަށް މި ގޭމް ކުޅެގެން ލިބޭ އެންމެ ފަހު ފުރުސަތު ކަމަށެވެ.

އެހެން އަހަރުތަކުގައި ހަދިޔާ ފޮށި ގެނެސްދިން ގޮތަށް އުރީދޫ ކަރާ ފެޅުން ވެސް އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތަކެއް ވަނީ ފަހިކޮށްދީފައެވެ. ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 200 ޓެޕް ކޮށްގެން ކަސްޓަމަރުންނަށް މި ހިތްގައިމު ގްރޭންޑް ޕްރައިޒް ލިބުމުގެ ފުރުސަތު ފަހިވެއެވެ.

ނަސީބުވެރި އެއް ފަރާތަކަށް އަލްޓިމޭޓް ޓެކް ޕެކޭޖް ލިބިގެން ދާއިރު އޭގެ ތެރޭގައި ހިމެނެނީ އެޕަލް އައިފޯން 16 ޕްރޯ އަކާއި، މެކްބުކް އެއާ އަކާއި، އެއާޕޮޑްސް 4 އާއޮ އެޕަލް ވޮޗްގެ އިތުރުން އެޕަލް ޓީވީ އާއި އެޕަލް ހޯމްޕޮޑް އާއި އެޕަލް އައިޕެޑް އާއި އެޕަލް ޕެންސިލް އާއި އެއާޕޮޑްސް މެކްސް އަދި 65" ޓީވީއެކެވެ.

އުރީދޫ ކަރާ ފެޅުން އަކީ ކަސްޓަމަރުންގެ މެދުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ގޭމެކެވެ. އަދިވެސް އިނާމު ހޯދުމަށް ކަރާ ފެޅުމަށް ބާކީ ދެ ދުވަސް އެބަ އޮތެވެ.