މި ފަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫ އިން ކުރިއަށް ގެންދާ ކަރާ ފެޅުމުން އަގުހުރި އިނާމުތަކުގެ ތެރޭގައި ހިމެނޭ ސޭންޑްވިޗް މޭކަރާއި ވެކިއުމް ކްލިނާގެ ނަސީބުވެރި ފަރާތާއި އިނާމް ހަވާލުކޮށްފިއެވެ.
އުރީދޫ އިން ބުނީ ވެކިއުމް ކްލީނާ ލިބުނު ސަދުފާގެ ފަރާތުން އިނާމާއި ހަވާލުވެފައިވަނީ އަބްދުﷲ ވަސީމް ކަމަށެވެ. އަދި ސޭންޑްވިޗް މޭކަރުގެ ނަސީބުވެރިޔާ ހައްވާ ރީޝާ، އިނާމާއި ހަވާލުވެފައިވާކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
ކަރާ ފަޅައިގެން ކޮންމެ ދުވަހަކުވެސް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އުރީދޫގެ ކަސްޓަމަރުންނަށް ލިބިގެން ދާއިރު އެ ކުންފުނިން ބުނީ އެޕްގައި އެކްޓިވް އެންމެނަށް ޓެޕް ކުރެވޭނެކަމަށާއި ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސްވެސް ލިބިގެން ދާނެ ކަމަށެވެ. އުރީދޫ އިން މިފަހަރު ދޫކުރާ ހާއްސަ އިނާމުތަކުގެ ތެރޭގައި އެއާފްރަޔާ، ވެކިއުމް ކްލީނާ، ނިންޓެންޑޯ ސްވިޗް އަދި އެޕަލް ވޮޗް ހިމެނެއެވެ.
ރީދޫ އިން ބުނީ ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް އަގުހުރި 10 އެޕަލް ޕްރޮޑަކްޓްސްގެ ބިޔަ ބަންޑަލް އެއް ލިބިގެން ދާނެ ކަަމަށެވެ. މި ބަންޑްލްގައި ހިމެނެނީ :އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، ޮޮއެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް އަދި އެއާޕޮޑްސް މެކްސް – 65 ޓީވީ އެވެ.
މީގެއިތުރުން ކަރާ ފެޅުން ގޭމާއި ގުޅިގެން ކަސްޓަމަރުންގެ އުފެއްދުން ތެރި އަދި މަޖާ މީމްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފެންނަން ފެށުމާއި ގުޅިގެން އުރީދޫން ވަނީ ކަރާ ފެޅުން މީމް ޗެލެންޖެއްވެސް އިއުލާން ކޮށްފައެވެ. އުރީދޫން ބުނީ، މި ޗެލެންޖުގައި އުރީދޫ އެޕް މެދުވެރިކޮށް ކަރާ ފެޅުމަށް ކަސްޓަމަރުން ކުރަމުންދާ ކަންކަމުގެ މަޖާ މީމްސް، ރީލް ނުވަތަ ޖިފް ބައިވެރި ކުރެވޭނެ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން ބަޓީކް އެއާ މެދުވެރިކޮށް މެލޭޝިއާ ދެކޮޅު ޓިކެޓް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އުރީދޫ އިން ވަނީ މިދިޔަ ދެ އަހަރު އުރީދޫގެ ހަދިޔާފޮށިން ކާމިޔާބު ކަމާއެކު އެތަކެއް ހަދިޔާތަކެއް އުރީދޫގެ ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ. ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ވަނީ ޕީއެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާގެ އިތުރުން ޑޭޓާ ޕެކާއި ގޭމިން ޕެކް ދީފައެވެ.