ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑު މިއަދު ގެނެސްދޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރުފަހު 1 ޖަހާއިރު ކަމަށެވެ.

މިއީ ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް ކުރިއަށްގެންދަވާ ޕޮޑްކާސްޓެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ޕޮޑްކާސްޓް ރައީސް އޮފީހުގެ ހުރިހާ ސޯޝަލްމީޑިއާ ޗެނަލްތަކުން މިއަދު 1 ޖަހާއިރު ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު މި ޕޮޑްކާސްޓް މިއަދު މެންދުރުފަހު 2:30ގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ވެސް ގެނެސްދޭނެއެވެ.