މާލެ ސަރަހައްދުގެ 4 ތަނެއްގައި މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ވަނީ މި އަހަރު މާލޭ ސަރަހައްދުގައި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ކުރާނެ ތަންތަނާއި މިސްކިތްތައް އިއުލާނު ކޮށްފައެވެ.

އެގޮތުން މާލޭގައި ބޮޑު ޖަމާއަތުގައި މާފަންނު ސްޓޭޑިއަމްގައި އީދު ނަމާދު ކުރިއަށްގެންދާ ގޮތަަށް ހަމަޖައްސާފައިވާއިރު، ވިލިގިލީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ބޯޅަދަނޑެވެ. އަދި ހުޅުމާލެ ފޭސް 1 ގައި ސިންތަޓިކް ޓްރެކްގައި އީދު ނަމާދު ކުރުމަށް ހަމަޖައްސާފައިވާއިރު ފޭސް ދޭއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ ގޮތަަށްް ހަމަޖައްސާފައި ވަނީ ކުރިކެޓް ސްޓޭޑިއަމް އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ 23 މިސްކިތެއްގައި ފިތުރު އީދު ނާމާދު ކުރުން ކުރިއަށް ގެންދާނެއެވެ. އެ މިސްކިތްތަކަކީ:

  1. މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައްޒަމް (އިސްލާމީ މަރުކަޒު)
  2. މަސްޖިދުލްމަލިކި ސަލްމާން
  3. މަސްޖިދުލްފުރުގާން
  4. މަސްޖިދުއްނޫރު
  5. މަސްޖިދުއް ޝަހީދު އަލީ
  6. މަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން (ތައިބާ މިސްކިތް)
  7. މަސްޖިދުއްސުލްތާނު މުހައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)
  8. މަސްޖިދު ޝަހީދު އަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  9. މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
  10. މަސްޖިދު ސަލާއްދީން
  11. މަސްޖިދު ޖަލާލުއްދީން
  12. މަސްޖިދު އިބްރާހީމް
  13. މަސްޖިދު އިސްކަންދަރު
  14. ވަގުތީ މިސްކިތް ( ބޮޑުގެ )
  15. މަސްޖިދުއްސުލްތާނު މުހައްމަދު އިމާދުއްދީން (ރަންމިސްކިތް)
  16. މަސްޖިދުއްޝައިހް މުހައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
  17. މާފަންނު އާމިސްކިތް
  18. މަސްޖިދުއްސަލާމް
  19. މަސްޖިދުއްޝައިހް ގާސިމް ބިން މުހައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
  20. މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
  21. މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
  22. މަސްޖިދު ހަސަން އާދަމް (ހުޅުމާލެ ފޭސް 2)
  23. މަސްޖިދު އަބީބަކުރިނިއްސިއްދީގް (ފޭސް 2 ހުޅުމާލެ)

ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑުޖަމާއަތް ކެންސަލްވެއްޖެނަމަ އީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި ޒަމާނުއްސުރެ އީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 07:30 ގައި ނަމަވެސް އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަށް ވެފައި، މިހާރަކަށް އައިސް ރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާތީ ހުސްވި އަހަރުން ފެށިގެން ވަނީ އީދު ނަމާދު ކުރާ ގަޑި 07:00 އަށް އަވަސްކޮށްފައެވެ.