އެސްޓީއޯއިން ރާއްޖޭގައި ވިއްކަމުން އަންނަ ޕެޓްރޯލްގެ އަގު ހެޔޮ ކޮށްފިއެވެ.

އެސްޓީއޯއިން ބުނީ، މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 12.21 ރުފިޔާއަށް ކަމަށާއި މިރޭ ގެނައި ބަދަލާ އެކު ލީޓަރަކަުން 48 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.

އެގޮތުން ޕެޓްރޯލް ލީޓަރެއްފެ އަގު ވަނީ 11.73 ރުފިޔާއަށް ތިރިވެފައެވެ.

އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގައި ވިއްކާ އަގުތަށް ވެސް ބަދަލު ކުރަމުން ދާނެ ކަމުގެ ޔަގީން ކަން އެސްޓިއޯ އިން ވަނީ ދީފައެވެ.