ސީރިޔާގެ ވެރިރަށް ދިމިޝްގުގެ ބޮޑު މިސްކިތުގެ ނަމުންވެސް މަޝްހޫރު އުމައްޔަދު މިސްކިތަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އެއް މިސްކިތެވެ. މި މިސްކިތަކީ ދިގު ތާރީހެއް އޮތް ގަދީމީ މިސްކިތެކެވެ. އެ މިސްކިތުގެ އެތެރޭގައި މުހައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَގެ ކާފަ ދަރިކަލުން ހުސައިން އިބްނު އަލީގެ ހަނދާނުގައިވާ ޒިޔާރަތެއް ބިނާކޮށްފައިވެއެވެ. މި މިސްކިތަކީ ރޯމަނުންގެ ޒަމާނުގައި ސީރިއާގައި ހުރި އެންމެ ބޮޑު އެއް ފަޅިއެވެ. 634 ވަނަ އަހަރު މުސްލިމުން ސީރިއާ ފަތަހަކުރުމަށް ފަހު އެ ތަނުގައި ކުޑަ މިސްކިތެއް ބިނާކުރިއެވެ. މުސްލިމް ޖަމާއަތް ބޮޑުވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ހަލީފާ އަލްވަލިދު މުސްލިމުންގެ ބޭނުންތަކަށް މިތަނުގެ ބާކީ ބައިތައް ހޯދާފައިވެއެވެ.
ރޯމަނުން ހަދާފައިވާ ފައްޅީގެ ބައިތައް ތަޅާލުމަށް ފަހު އެތަނުގެ ޑިޒައިން ބަދަލުކޮށް ބޮޑު މިސްކިތެއް ބިނާކުރެވުނެވެ. މި މިސްކިތުގެ އާ އޮނިގަނޑު އިސްލާމީ އަދި ބައިޒަންޓައިން އެމްޕަޔަރުތަކުގެ ހުރިހާ ހިސާބެއްގައި ތިބި އެތައް ހާސް މަސައްކަތު މީހުންނެއް ބޭނުންކޮށްގެން ބިނާކޮށް ނިންމާލުމަށް 9 އަހަރު ހޭދަވިއެވެ.
އެ ޒަމާނުގެ ސާދާ މިސްކިތްތަކާ ހިލާފަށް ބޮޑު ބެސިލިކަލް ޕްލޭނެއްގެ ދަށުން ބިނާކުރެވުނު މި މިސްކިތުގައި ތިން ޕެރެލަލް އެއިލްސް (އެއް ސަރަހައްދަކަށް ނިކުމެވޭ ވޯކްވޭ) އާއި މިސްކިތުގެ އެތެރެއިން ވަދެވޭ ޕަޕެންޑިކިއުލާ ސެންޓްރަލްއިން ފެންނަ ދުނިޔޭގެ ދެވެނަ އަށް އެންމެ ބޮޑު ކާވްކޮށްފައިވާ މިމްބަރާއަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. މި މިސްކިތަކީ މާބަލް ޕެނަލިންގްގެ މުއްސަނދި ކޮމްޕޮޒިޝަންތަކާ، ވެޖެޓަލް މޮޓިފްސްގެ ފުޅާ ރަން މޮޒައިކްތައް 4،000 އަކަމީޓަރަށް ބޭނުންކޮށްފައިވާ ހަމައެކަނި މިސްކިތްކަމުގައި ބެލެވެއެވެ.
މި މިސްކިތުގެ އިމާރާތް ބިނާކުރުމަށް ސްޕެއިންގެ ކޯޑޯބާގެ ބޮޑު މިސްކިތާ، މިސްރުގެ އަލްއަޒްހަރު މިސްކިތުން ނަމޫނާ ނަގާފައިވާއިރު މި މިސްކިތަށް ހަނގުރާމައާއި، އަލިފާނުގެ ހާދިސާތަކުން ލިބުނު ގެއްލުމުގެ ސަބަބުން ވަރަށް ގިނަ ފަހަރު ސްޓްރަކްޗާއަށް ބަދަލު ގެނެސްފައިވެއެވެ. މި މިސްކިތަކީ 8 ވަނަ ގަރުނުގެ ކޮންސްޓްރަކްޝަންގެ މަސައްކަތާއި އާކިޓެކްޗަރަލް ފީޗާސްގެ އިތުރުން އުމަވީ ސިފަތައް ފެންނަ މަދު މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތެވެ.