ދިވެހި ކެއުންތަކަކީ ރޯދަ ސުފުރާމަތި ޒަމާނުންސުރެ ފުރަމުން އަންނަ ކެއުންތަކަކަށްވާއިރު މި ކެއުންތަކަށް ލޯބި ކުރާ ދިވެހިން ގިނައެވެ. މިގޮތުން ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ މަސްކުރޮޅި އަކީ މިފަދަ ކެއުމެކެވެ. މަސްކުރޮޅި ތައްޔާރުކުރަނީ ހަމައެކަނި މާހަފަކާކަށް ނޫނެވެ. މިއީ ރޯދަ ވީއްލާ ގަޑީވެސް ރޮށްޓާއެކު ކާލަން ރަނގަޅު ކެއުމެކެވެ. ރޮށީގެ އިތުރުން ބަތްޕެނާއެކުވެސް މަސްކުރޮޅި ކައި އުޅެއެވެ.

ބޭނުންވާ ތަކެތި:

  • 1 ހަރު ގަބުޅި
  • 1 ޖޯޑު މުގުރި ހިކިމަސް
  • 1 ފިޔާ
  • 4 ބިލިމަގު
  • ގިތެޔޮ މިރުސް
  • 1/2 ސައިސަމުސާ ދިރި
  • 1/2 ސައިސަމުސާ އަސޭމިރުސް
  • 1 ލޮނުމެދު
  • ހިކަނދިފަތް
  • ލޮނު

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ގަބުޅި ފޮތިކޮށްލާށެވެ. އެއަށްފަހު ހިކިމިރުހާއި އެކު މިކްސްޗަރަށް އަޅާ މުގުރާލާށެވެ. ކާށިކޮޅާއި މަސްކޮޅު ރަނގަޅަށް އެއްވުމުން މި ތަކެތި ބޯތައްޓަކަށް އެޅުމަށްފަހު ބަހައްޓާށެވެ.

ދެން ބާކީ ހުރި ހުރިހާ އެއްޗެއް މިކްސްޗަރަށް އަޅާ ކުޑަ ތެތްކަމެއް އުފެދެންދެން މުގުރާލާށެވެ. އެއަށްފަހު މަސްކޮޅާ އެއްކޮށްލާ ރަނގަޅަށް މޮޑެލާށެވެ. މިހާ ހިސާބުން މިހުރީ މަސްކުރޮޅި ތައްޔާރުވެފައެވެ.

ފަސޭހައިން ތައްޔާރުކޮށްލެވޭ މިފަދަ ރެސިޕީތަކުން ރޯދަ ސުފުރާމަތި ފުރާލުމަކީ ރޯދައަށް ހުރެ މަސައްކަތްވެސް ލުއި ވާނެ ކަމެކެވެ. އަދި ރޯދަ ވީއްލާއިރު މީރު ކޮއްތެއްވެސް ލިބިގެންދާނެ އެވެ.