ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ވޭޕްކުރަން ބޭނުންކުރާ 2،000 އަށްވުރެ ގިނަ ސާމާނު އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި 3 ފަސިންޖަރެެއްގެ ލަގެޖުގައި ވޭޕް އަދި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް އަދި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭގޮތަށް 2،062 އައިޓަމް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި:

  • 1،714 ނެނޯ ސްޓިކް
  • 200 ޓެރިއާ ސްޓިކް
  • 96 ކެލިބާ ކާޓްރިޖް
  • 50 ވީމެޓް ކާޓްރިޖް
  • 2 ފުޅި ވޭޕް ފްލޭވާ ލިކުއިޑް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ މިތަކެތި އަތުލައިގެންފައި ވާއިރު، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.