އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުން ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި 1446ވަނަ އަހަރުގެ އޮފީސްތަކުގެ ޤުރްއާން މުބާރާތުގެ އެއްވަނަ އެމްޓީސީސީން ހޯދައިފިއެވެ.
މި މުބާރާތުގައި އެމްޓީސީސީން ހޯދި ކާމިޔާބީއަކީ އެ ކުންފުނީގެ ހަތަރު މުވައްޒަފުން ކަމުގައިވާ ސެކިއުރިޓީ އޮފިސަރު އަބްދުލްއަލީމް، ސީނިއާ އެކައުންޓްސް އޮފިސަރު މޫސާ އީމާން އަބްދުލް ރަހްމާން، ސިވިލް އިންޖިނިއަރު އިބްރާހިމް އަޒްވާރް، އަދިއެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރު އަހުމަދު އަޒިޔާން އަޒްލިފް ހޯދައިދީފައިވާ ކާމިޔާބީއެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
- އަމިއްލަ ގޮތުން ވާދަކުރުމުގެ ކެޓަގަރީން ދެވަނަ - އަބްދުލް އަލީމް
- އަމިއްލަ ގޮތުން ވާދަކުރުމުގެ ކެޓަގަރީން ތިންވަނަ - މޫސާ އީމާން އަބްދުލް ރަހްމާން
މި ކާމިޔާބީއަކީ އެމްޓީސީސީގެ ކްލަބާއި ބައިވެރީންގެ ހިތްވަރާއި މަސައްކަތުން ހާސިލުކުރެވުނު ނަތީޖާއެއްކަން ފާހަގަކޮށް މި މުބާރާތުގައި އެމްޓީސީސީ ތަމްސީލުކުރި ބައިވެރީންގެ މަސައްކަތުގެ އަގުވަޒަންކޮށް މިކަން ފާހަގަކުރުމަށް އެމްޓީސީސީގެ އެމްޑީބިއުރޯ ގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ.
ބައިވެރިންކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް ދީފައިވާއިރު މި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ،ު(ރިޓަޔަޑް) ޑީސީޕީ އަހުމަދު ސައުދީ އެވެ. މި ހަފުލާގައި އެމްޑީ ސައުދީ ދެއްކެވި ވާހަކައިގައ،ި ކުންފުންޏަށް އެ މުވައްޒަފުން ހޯދާފައިވާ ޝަރަފުވެރި ކާމިޔާބީއަށްޓަކައި ބައިވެރީންނަށް މަރުހަބާ އާއި ޝުކުރު ދަންނަވައ،ި އެބޭފުޅުންގެ ހުނަރު އިތުރަށް ކުރިއެރުވުމަށް ހިއްވަރު ދެއްވިއެވެ.
އެމްޓީސީސީން އޮފީސްތަކުގެ ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދުމުގައ،ި އެ ކުންފުނީގެ "ކްލަބް އެމްޓީސީސީ" އިން މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މިގޮތުނ،ް މުބާރާތުގެ ބައިވެރީންނަށް ތަމްރީނު ދިނުމަށް ހާއްސަ ޤާރީއެއް ހަމަޖައްސައިދީ މުބާރާތް ފެށެންދެން ކޮންމެ ރެޔަކު ތަމްރީނު ސެޝަންތައް ކުރިއަށް ގެން ގޮސްދީފައިވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މި މުބާރާތުގެ ބައިވެރީންވެސް ތިލާވަތުގެ ފެންވަރު މަތިކޮށް ރަނގަޅުކުރުމަށް ބުރަ މަސައްކަތްތަކެއްކޮށްފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.