އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ފިފްޝީން އަލީ އެ މަގާމުން ވަކިކޮށްފައިވާ ކަމަށް މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފިއެވެ.
ނަމަވެސް އޭނާ އެ މަގާމުން ވަކި ކުރި ސަބަބެއް އަދި ސާފު ވާ ގޮތެއް ނުވެއެވެ.
ބޭންކިން ދާއިރާގައި 20 އަހަރު މަސައްކަތް ކުރައްވާފައިވާ ފިފްޝީން އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ބޭންކް އޮފް މޯލްޑިވްސްގައެވެ. 2003 ވަނަ އަހަރު ބޭންކިން ދާއިރާއާ ގުޅިވަޑައިގެންނެވި އިރު އޭނާ ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑްސް އާއި ހެޑް އޮފް ޗެނަލް މެނޭޖްމެންޓާއި ހެޑް އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓްސްގެ މަގާމު އަދާކުރައްވާފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް 2019 ވަނަ އުފެއްދު އެސްޑީއެފްސީގެ އެމްޑީ ކަމަށް ފިފިްޝީން އައްޔަން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ.