ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އާއިލާ ނޫސްވެރިންނާ ބައްދަލު ކުރަން ނިންމައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުން ކަވަރު ކޮށްދިނުމަށް އެދި ރައީސްގެ އާއިލާގެ ފަރާތުން ދަނީ ނޫސްވެރިންނަށް ދައުވަތު އަރުވަމުންނެވެ.
އެގޮތުން ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މެންދުރުފަހު 1:00 ގައި ރައީސް އަމިއްލަ ގެކޮޅު ކަމަށްވާ ދިމްޔާތުގައެވެ.
ނޫސްވެރިންނާ ބައްދަލުކުރަނީ ކޮން ފަރާތަކުން ކަން އަދި ކޮން ކަމަކާ ގުޅިގެން ކަމެއް ސާފު ނުވެއެވެ.
ރައީސް އާއިލާގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ނިންމާފައިވާއިރު މި ދަނޑިވަޅަކީ ރައީސް އާއި އެމަނިކުފާނުގެ އާއިލާއާ ގުޅުވާ އެކި ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެެއްކަން ފާހަގަކޮށްލެވެއެވެ.