ބ. ދަރަވަންދޫގައި ދެމަފިރިންގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގައި ފިރިމީހާއަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގި ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ ދަންވަރު 2:00 ޖަހާކަށްހާއިރު ކަމަށެވެ.

ދެމަފިރިންގެ މެދުގައި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބުން ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު ޒަހަމްވި ފިރިހެން މީހާއަށް އެ އަތޮޅު އޭދަފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

ފިރިހެން މީހާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ވެސް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ. ނަމަވެސް " ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އޭނާއަށް ހަމަލާދީފައި ވަނީ ވަޅިއަކުންނެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.