މި ފަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫ އިން ކުރިއަށް ގެންދާ ކަރާ ފެޅުމުން އަގުހުރި އިނާމުތައް ދިނުމަށް ހަމަޖެހިފައިވާއިރު އަހުމަދު ނާސިފް އުމަރަށް އައިފޯން 16 ޕްރޯއެއް ލިބިއްޖެއެވެ.
ނާސިފް އަށް މި ފޯނު މިހާރު ހަވާލުކޮށްފައިވާއިރު އުރީދޫ އިން ބުނީ ކަރާ ފަޅައިގެން ކޮންމެ ދުވަހަކުވެސް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އުރީދޫގެ ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށެވެ.
އުރީދޫ އިން ބުނީ އެޕްގައި އެކްޓިވް އެންމެނަށް ޓެޕް ކުރެވޭނެކަމަށާއި ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސްވެސް ލިބިގެން ދާނެ ކަމަށެވެ. އުރީދޫ އިން މިފަހަރު ދޫކުރާ ހާއްސަ އިނާމުތަކުގެ ތެރޭގައި އެއާފްރަޔާ، ވެކިއުމް ކްލީނާ، ނިންޓެންޑޯ ސްވިޗް އަދި އެޕަލް ވޮޗް ހިމެނެއެވެ.
މީގެއިތުރުން އުރީދޫ އިން ބުނީ ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް އަގުހުރި 10 އެޕަލް ޕްރޮޑަކްޓްސްގެ ބިޔަ ބަންޑަލް އެއް ލިބިގެން ދާނެ ކަަމަށެވެ. މި ބަންޑްލްގައި ހިމެނެނީ :އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް އަދި އެއާޕޮޑްސް މެކްސް – 65 ޓީވީ އެވެ.
އުރީދޫ އިން ވަނީ މިދިޔަ ދެ އަހަރު އުރީދޫގެ ހަދިޔާފޮށިން ކާމިޔާބު ކަމާއެކު އެތަކެއް ހަދިޔާތަކެއް އުރީދޫގެ ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ. ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ވަނީ ޕީއެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާގެ އިތުރުން ޑޭޓާ ޕެކާއި ގޭމިން ޕެކް ދީފައެވެ.