މާލެއިން މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ 2025 މާޗު 08 ވަނަ ދުވަހުގެ 16:51 އިން ފެށިގެން އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް 2025 މާރިޗު 10 ވަނަ ދުވަހުގެ 20:05 އެހައިކަންހާއިރު ރިޕޯޓު ކޮށްފައި ވަނީ ނ. މަނަދޫ، ރީޙުއްސަބާ، އަބްދުﷲ ޝިހާދު، 37 އަހަރު ގެއްލިގެން ކަމަށެވެ.

ޝިހާދު ދިރިއުޅެނީ މާލޭގައިކަމަށާއި އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި އަދި ޝިހާދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696 އަށް ގުޅާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.