ރޯދަމަހު މާލޭގެ ހޮސްޕިޓަލުތަކުގެ ބަލި މީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކޮށްފިއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާގު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެނދުމަތި ކޮށްގެން ފަރުވާދޭ ބަލި މީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު ހަވީރު 5:00 ން ފެށިގެން ރޭގަނޑު 10:30 އަށް އިތުރު ކުރުމަށް ނިންމާފައިވާކަމަށެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރޭގައި ހިމެނެނީ އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ވިލިމާލެ ހޮސްޕިޓަލެވެ.
އާންމު މަސްމަހުގައި އައިޖީއެމްއެޗްގެ ބަލި މީހުންނަށް ޒިޔާރަތް ކުރަން އޮންނަނީ ހަވީރު 5:00 އިން 8:00 އަށެވެ.