ސައިބޮއިގެން ސިޓިންގް ރޫމަށް ނުކުތް ވަގުތު އިކާންގެ ފޯނަށް ކޯލެއް އައެވެ. ފޯނު ނަގާ ސްކްރީނަށް ބަލާލިއިރު އެގުޅަނީ އެކްސްއޯ ޖަހާފައިވާ ނަންބަރުންނެވެ.
އިކާން ފޯނު ރިންގް އޮފް ކޮށްލުމަށްފަހު އަނބުރާ ޖީބަށް ފޯނުލިއެވެ. އިކާންގެ ކައިރީގައި އެވަގުތު ހުރި ތާރާއަށް އެ ފޯނުގެ ސްކްރީން ރަނގަޅަށް ފެނުނެވެ. ނަމަވެސް މިވަގުތު އެކަމާ ބެހޭ ގޮތުން ސުވާލު ކުރާކަށް ތަރާ ބޭނުމެއް ނުވިއެވެ.
އިކާންގެ މާޒީއާ ބެހޭ ގޮތުން ތާރާ އެއްވެސް ކަމެއް އެނގޭކަށް ބޭނުމެއް ނޫނެވެ. މާޒީގައި ކޮންމެ ކަމެއް ހިނގާފައި އޮތަސް އިކާން ދެކެ ތާރާ ވާ ލޯތްބަަކަށް އުނިކަމެއް ނާންނާނެކަން އޭނާއަށް އެނގެއެވެ.
އިކާން އެގެއިން ދާން ހިނގައިގަތީ އޭނާގެ ސްޓޫޑިއޯގައި ބައިވަރު މަސައްކަތްތައް ފުނި ޖެހިފައި ހުރުމުންނާ ވެސް އެކީގައެވެ. ސިޓިންގް ރޫމުގައި ހުރެ ދޮރާ ދިމާއަށް އިކާން ހިނގައިގަތް ވަގުތު އޭނާގެ އަތުގައި ތާރާ ހިފާލިއެވެ.
"ހެއި.. ލަވް ދަނީތަ؟ ހާދަ އަވަހަށް..." އިކާން މަޑުކުރުވަން ތާރާ ބޭނުންވެފައިވާ މިންވަރު ދޭހަވިއެވެ. އިކާންގެ ގާތަށް ޖެހިލަމުން ތާރާގެ އިނގިލިތަކުން އިކާންގެ އަތުގައި ފިރުމާލިއެވެ.
"ސޮރީ... ބައިވަރު މަސައްކަތްތައް ހުރީމަ ދާން މި ޖެހުނީ... މިރޭ ރެކޯޑިންގްއެއް ވެސް އެބައިން..." އިކާން އޭނާގެ އުޒުރު ހާމަކުރަމުން ޖީބުން ފޯނު ނަގާ ބަލާލިއެވެ. އޭރު ތާރާ ހުރީ ތުންފަތް އޫކޮށްގެންނެވެ.
"ތާރާ... ބަޓް ޔޫ ގޭވް މީ އަ ހިއުޖް ސަޕްރައިޒް... ތާރާ މަންމަމެން ކައިރީ މެރިއޭޖްގެ ވާހަކަ ދެއްކި ވާހަކައެއް ނުބުނަމެއްނު... އަނެއްކޮޅުން އަލަށް ބައްދަލުވީ އިރު އައި ތޯޓް ވަރަށް ސުވާލު ގިނަ ވާނެ ކަމަށް... ޔޯ ފެމިލީ އިޒް ރިއަލީ ކޫލް..." ތާރާގެ ދަތްދޮޅީގައި ހިފާލަމުން އިކާން ވާހަކަ ދެއްކިއެވެ.
"އައި ޓޯލްޑް ޔޫ އައި ހޭވް ދަ ކޫލަސްޓް ޕޭރަންޓްސް... އަދި ބޭބެއާ ދައްތައާ ދިމާވިނަމަ އިނގޭނީ... ދައްތަ އެންމެ ކޫލްވާނީ... ޝީޒް ސުޕާރ ކޫލް... މިއަދު އަންނައްޗޭ ބުނިން... އެކަމަކު ބިޒީވެގެން ނާދެވުނީ ކަންނޭނގެ... އޭޒް ޔޫޝުއަލް ދޭ އާރ ވެރީ ބިޒީ ވިތް ވާރކް..." އިކާނާ އެކީ ތާރާ ހިނގާފައި ދިޔައީ އެޕާރޓްމަންޓުން ނުކުންނަ ދޮރާ ދިމާއަށެވެ.
ކާގެއިން ނިކުތް ސިރާޖް ވެސް އެގެއިން ދިއުމަށް އެވަގުތު ހިނގައިގަތެވެ. "ދެކުދިންގެ ވެޑިންގް ހެދުމުގެ ކަންތައް ހަމަޖައްސާނީ ބައްޕަ... ދެން ދަނީ... ބައްޕަގެ ތާރާ... ކަމެއް ބޭނުންވެގެން ނުބުނެ ނުހުންނާތި... އިކާން ވެސް ދާން ދޯ ތިއުޅެނީ.. ހިނގާ ބައްޕައާ އެކީ ދާން.. އޭރުން އަދި ވާހަކަ ދައްކާ ލެވޭނީ..." ތާރާއާ ސަލާމް ކޮށްލުމަށްފަހު ސިރާޖް އެގެއިން ބޭރަށް ނިކުންނަމުން އިކާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
"އަނެއްކާ އިކާން ބިރުގަންނުވާ ނުލައްޗޭ... އިކާން ވަރަށް ބިރުގަންނާނެ... ހެހެ..." ދޮރުން ބޭރަށް ބޯ ދިއްކޮށްލަމުން ތާރާ ބުނި ޖުމްލައިން އިކާން ދެލޯ ބޮޑުކޮށްލިއެވެ. ސިރާޖް ހެމުންހެމުން އިކާންއާ އެކީ ލިފްޓް ކައިރިއަށް ގޮސް މަޑުކޮށްލިއެވެ.
ދޮރު ލައްޕާލުމަށްފަހު ތާރާ އެތެރެއަށް ވަތް އިރު ތާރާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ. އޭނާ އެންމެ ބޮޑަށް ދެރަވީ އެތަނަށް އަޒްކާގެ ބައްޕައަށް ނާދެވުނީމައެވެ.
*** *** *** *** *** ***
އިކާންމެން އެރި ލިފްޓުގެ ދޮރު ލެއްޕުމާއެކީ ޖެހިގެން ހުރި އަނެއް ލިފްޓުގެ ދޮރު ހުޅުވުނެވެ. އެ ލިފްޓުން ނިކުތީ ވަރަށް ރީތި މެދު އުމުރުގެ އަންހެނެކެވެ. އޭނާ ލައިގެން ހުރީ ކަކުލާ ހަމައަށް ހުރި ރަތް ގަމީހަކާ ހުދު ކުލައިގެ ޓައިޓެކެވެ. ކޮނޑުގައި އަޅާފައިވާ އަތްދަބަސް ހެޔޮވަރުކޮށްލަމުން އޭނާ ގޭގެ ބެލް ޖަހާލިއެވެ. އެވަގުތު ގޭގެ ދޮރު ހުޅުވީ ގޭގައި މަސައްކަތް ކުރާ ކަމްލާއެވެ.
ހިނިތުންވެލަމުން ގޭތެރެއަށް ވަދެ ކަމްލާ އަތަށް އޭނާގެ އަތުގައި ވާ އަތްދަބަސް ދިއްކޮށްލިއެވެ. "މެޑަމް... ކޯއްޗެއް ބޭނުމީ؟... ކޮފީއެއް ހަދައިދެންތަ؟..." ކަމްލާ ވާހަކަ ދެއްކީ އަދަބުވެރިކަަމާ އެކީގައެވެ.
"ނޫން... ކޫލް ވޯޓަރ ބޭނުމީ..." ކަމްލާއަށް ޖަވާބު ދިނުމަށްފަހު ސޯފާގައި އިން ތާރާއާ ދިމާއަށް ޒުމްރާ ބަލާލިއެވެ.
"ތަހުމީނާ ބުނި ތާރާ މެރީ ކުރަނީއްޔޯ!.. އެއީ ތެދެއްތަ؟... އަޅޭ ކީއްކުރަން އެހާ އަވަހަށް މެރީ ކުރަނީ؟..." ޒުމްރާގެ ޙިޔާލު ފާޅުކުރަމުން ދިޔައިރު އޭނާގެ އަތުކުރީގައި އަޅާފައިވާ ރަން ގަޑިއަށް ބަލާލިއެވެ. އަދި ކަރުގައި އަޅާފައިވާ ހުދުރަން ފަށުގަޔާ އޭގެ ފުލުގައި އަތް ހާކާލިއެވެ.
ޒުމްރާއަކީ ރާއްޖޭގައި ހޮވާލެވޭ މުއްސަނދިންގެ ތެރެއިން އެކަކެވެ. އޭނާ ގެންގުޅޭ ހުރިހާ އެއްޗިއްސަކީ އެންމެ ފަހުގެ ފެށަނަށް ފެތޭ ބްރޭންޑަޑް އެއްޗިއްސެވެ.
ފިނި ފެންތައްޓެއް ތަބަކަކަށް ލައިގެން އައިސް ޒުމްރާ ކައިރިއަށް ކަމްލާ ހުއްޓުނެވެ. ފެންތަށި ނަގާ ޒުމްރާ ތުނބުގައި ޖަހާލި ވަގުތު ތާރާ ވާހަކަ ދެއްކިއެވެ. "ދައްތާ.. ތާރާ މެރީ ކުރާ ވަރު ވެއްޖެއްނު.. ލުކް އައިމް 23... ސޯ އަވަހެއް ނޫން ދޯ... ޑިސެމްބަރ 16 ގަ މެރީ ކުރަނީ...." ކައިވެނި ހަމަޖައްސާ ތާރީޚް ޒުމްރާ ގާތު ތާރާ ބުނީ ވަރަށް އުފަލުން އިނދެއެވެ.
"ހާދަ ކުޑަ ދުވަސްކޮޅެކޭ ވެޑިންގް އަށް އޮތީ... ކޮންތާކު ޕާޓީ ބާއްވަނީ؟... ކާޑް، ވެޑިންގް ޑްރެސް... އޯ ހާދަ ކަމެއް އެބައޮތޭ..." ކައިވެނި އަވަސްކަމުން ޒުމްރާ ވެސް އިނީ ހައިރާންވެފައެވެ.
"ސީ.. އައި އީވަން ޓޯލްޑް ހާރ... 10 ޑޭސް ތެރޭ ކިހިނެއް ބޮޑު ވެޑިންގްއެއް ޕްލޭން ކުރާނީ؟...." ތާރާއާ ދިމާއަށް ބުމަ އަރުވަމުން އަޒްކާ ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ދެއްކި ވާހަކަ ގަބޫލު ނުކުރީތީ އެކަމާ އަޒްކާ އިނީ ހިތްހަމަ ނުޖެހިފަކަން އެނގެއެވެ.
"ތާރާ ބޭނުމެއްނޫން ބޮޑު ޕާޓީއެއް.. ޖަސްޓް ފެމިލީ އެންޑް ކްލޯސް ފްރެންޑްސް... އެންޑް ޕާޓީ ބާއްވަން ބޭނުމީ މިގޭގަ..." ތާރާ އޭނާ ބޭނުންވާ ގޮތް ހާމަކުރަމުން އަޒްކާއާ ދިމާއަށް ލޯ އަޅާލިއެވެ.
"އޯކޭ.. ތާރާގެ ވެޑިންގް ވީމަ ތަރާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިންމަން ވާނީ... ސޯ ވަޓް ވިލް އައި ގިވް ޔޫ.... ހުމްމްމް... ހައު އަބައުޓް ދަ ހަނީމޫން ޓްރިޕް.. އަ ޓްރިޕް ޓު ޑުބާއީ..."
ފެންތަށި ތަބަކުގައި ބަހައްޓަމުން ޒުމްރާ ތެދުވިއެވެ. ޒުމްރާ ދޭން ބުނި ހަދިޔާ އެނގުމުން ތާރާއަށް އުފަލުން ރޮވުނެވެ. ދެއަތުން އަނގަމަތި ނިވާކޮށްގެން އިންދާ އަޒްކާ އައިސް ތަރާގެ ގައިގާ ބައްދާލިއެވެ. ދެކުދިން އެކީ ތޫލިއަޑަކުން އެއްފަހަރާ ހަޅޭއްލަވައިގަތެވެ.
"ޑުބާއީ....... ޔޭ..." "އޯ... އައި ވޯންޓު މެރީ ޓޫ... ސޯ އައިކެން ގޯ ޓު ޕެރިސް...." އަޒްކާ ޚިޔާލީ ފޮލާތައް ކައްކަން ފެށިއެވެ.
"ދަރިފުޅާ އަޒްކާ... އަޒްކާ ބޭނުމީ ޕެރިސްއަށްތަ ދާން... އަޒްކާގެ ޕްރިންސް ޗާމިންގް ލިބުނީމަ ތިކަން ކޮށްދޭނަން... ދައްތަ މިއައީ އަސްލު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން... އަންނަ އަހަރު އަޒްކާ އާ ތަހުމީނާ ސިންގަޕޫރަށް ބަދަލުވަމާ... ތަހުމީނާ ވެސް އެމަންޖެ ގޮވައިގެން އެކޮޅަށް ބަދަލުވިއްޔާ އެ މަންޖެއަށް ރަނގަޅު ވާނީ... މާލެއަށް ވުރެއް ހިތްފަސޭހަވެފަ އަރާމުވެފަ ރަނގަޅުވާނެ... ތަހްމީނާ ނުލާހިކު ބަލިކޮށް ތިއުޅެނީ ވެސް... އަންނަ އަހަރު އެކޮޅުން ކޮލެޖަކަށް އަޒްކާ ޖޮއިންކުރާ ގޮތަށް ހިނގާ ބަދަލުވާން..." ތަހްމީނާއަށް ބަލާލަމުން ޒުމްރާ އެގެއަށް އައި މަގްސަދު ހާމަކުރިއެވެ.
"ވާއު... މަންމާ... އަޅެ ބުނޭ ޔެސްއޭ....ޕްލީސް ޕްލީސް..." އަޒްކާ އައިސް ތަހުމީނާގެ ކަރުގައި އެލިގަންނަމުން ވާހަކަ ދެއްކީ ތުއްތު ކުއްޖެއް ހެންނެވެ.
"ބައްޕަ ބުނާ އެއްޗަކުން އެނގޭނީ... ދޯ... މަންމަގެ މައްސަލައެއް ނެތް..." ތަހުމީނާ އޭނާގެ ދެ ދަރިންގެ މޫނަށް ބަލާލަމުން އެހެން ބުނީ އޭނާގެ ކުދިންގެ އުފަލަށާ މުސްތަގްބަލަށް ވިސްނާފައެވެ.
"ކީއްވެތަ ބައްޕަ ނައީ.... ބައްޕަގެ ފޯނަށް ވަރަށް ގުޅިން... ސިސްގެ މެރިއޭޖްގެ ވާހަކަ ދައްކަން އުޅޭތީ... ސިސް ބޭނުންވީ ބައްޕަވެސް މިތާހުންނަން..." ޝަކުވާގެ ރާގަކަށް އަޒްކާ ވާހަކަ ދެއްކީ ޒުމްރާއާއެވެ.
- ނުނިމޭ -