މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން މާލެ ސަރަހއްދަށް ވިއްސާރަ ކުރަމުން އަންނަ އިރު، ިމއަދު ހެނދުނު ވާރޭ ވެހެން ފެށި ގޮތަށް މެދުކެނޑުމެއް ނެތި އަންނަނީ ވާރޭ ވެހެމުންނެވެ. މޫސުން ގޯސް ވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން މިއަދު ވަނީ ބ އަތޮޅުން ފެށިގެން ދ އަތޮޅުގެ ރަށްތަކަށް އޮރެންޖް އެލާޓް ވެސް ނެރެފައެވެ.
މާލެ ސަރަހައްދަށް މެދުނުކެނޑި ވާރޭ ވެހެމުން ދާތީ އެމްއެންޑީއެފް އާއި ފުލުހުންނާއި މާލެ ސިޓީ ކައުންސިލުން އަންނަނީ ގޭގޭގައި ވެލިބަސްތާ ޖަހައިދީ ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ދަތިތައް ހައލުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ.