މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް ރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފިއެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާއިރު ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާއެކު އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

މިހާރު އޮންލައިންކޮށް ޒަކާތް ދެއްކޭނެ 5 ޕޯޓަލް

  • ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްިލޭޝަން- ފަހިޕޭ
  • ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)
  • އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
  • މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
  • ބަނޑޭރި ޕޭ

ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިތުރު ޒަކާތް ދެއްކޭނެކަމަށް ޒަކާތު ހައުސްއިން ބުނެފައިވާއިރު އުމުރުން ދުވަސްވީ މީހުންނާ އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައެވެ.

މީގެ އިތުރުން ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާތީ ރަމަޟާންމަހު ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ގަޑިތައްވެސް ޒަކާތު ހައުސްއިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ

  • 2 މާޗް އިން 20 މާޗްއަށް: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު: 9:30 އިން 13:00 އަށް
  • 23 މާޗް އިން 30 މާޗްއަށް: ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: 11:00 އިން 14:00 އަށް

ޒަކާތު ހައުސިން އިން ބުނީ ރަށްރަށުގައި ނަޤުދު ފައިސާއިން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުން ކަމަށެވެ.