އައްޑޫ ބްރިޖުގައި ހިނގި އެކްސިޑެންޓްގައި މީހަކު މަރުވެފައިވާ ކަަމށް ފުލުހުން ބުެނފިއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި މަރަދޫއިން ހިތަދޫއަސް ދުއްވާފައި ދިޔަ ސައިކަލެއް ބްރިޖު ބެންޑް ހިސާބުން ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ބްރިޖުގެ ފެންސުގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓަގައި މަރުވެފައި ވަނީ އުމުރުން 24 އަހަރުގެ، ގ. ނައިޓް ޑްރީމް، މާލެ، ލީވާން އަބްދުލް ސައްތާރު އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ވަގުތު އެކްސިޑެންޓް ހިނގި ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފއި ވަނީ މިއަދު ހެނދުނު 9:49 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.