ޕިންކް ޑޯމްޑް ޕުތުރާ މިސްކިތަކީ ޕުތްރަޖަޔާގެ އެންމެ ތަފާތު އެއް ލޭންޑްމާކްއެވެ. މެލޭޝިއާގެ ފުރަތަމަ ބޮޑުވަޒީރު އަލްމާރުހޫމް ތުންކު އަބްދުލް ރަހްމާން ޕުތުރާ އަލް ހާޖްގެ ނަމުން ނަންދީފައިވާ މި މިސްކިތް ނިމިފައިވަނީ 1999 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި މިސްކިތަކީ އެއް ވަގުތެއްގައި 15،000 މީހުންނަށް އަޅުކަން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މިސްކިތެކެވެ.

މި މިސްކިތް، ރޯޒް ޓިންޓްޑް ގްރޭނައިޓް (ފިޔާތޮށި ކުލައެއްގެ މާބުލް) އިން ހަދާފައިވާއިރު، މި މިސްކިތަކީ ސަފަވިޑް ދުވަސްވަރު މުސްލިމުން ޕާޝިއާ އިން ނަމޫނާ ބަލާ، އަދި ލޯކަލް ކްރާފްޓްމަންޝިޕްގެ ހުނަރުތަކާއެކު އަރަބި-އިސްލާމީ އާކިޓެކްޗަރަލް ޑިޒައިންތައް އެއްކޮށްލާފައިވާ މިސްކިތެކެވެ.

ޕުތުރާ މިސްކިތުގެ އެތެރޭގެ ޑިޒައިން ފެންނަ ފޮޓޯއެއް

ބަޣުދާދުގެ ޝެއިހް އުމަރު މިސްކިތުގެ ޑިޒައިންގެ ނަމޫނާއާ އެކު ފަރުމާކޮށްފައިވާ ޕުތްރާ މިސްކިތުގެ 116 މީޓަރުގެ މުންނާރުން އިސްލާމްދީނުގެ ފަސް ތަނބު ދައްކުވައިދެއެވެ. މިއީ މި ސަރަހައްދުގެ އެންމެ އުސް އެއް ތަނބެވެ. އޭގެ ފުރާޅު މައްޗަށް ނަގާފައިވާ 36 މީޓަރުގެ ދިގުމިނުގެ މައި ގުއްބާއި އޭގެ ވަށައިގެން ސްޓްރަކްޗާގެ ހަތަރު ކަނުގައި ހުންނަ އިތުރު އަށް ކުދި ގުއްބުތަކުން މި މިސްކިތަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދެއެވެ. މި ގުއްބުތަކު ގެ ނަމޫނާ ބަލާފައިވަނީ މޮރޮކޯގެ ރަސްގެފާނު ހަސަން މިސްކިތުންނެވެ.

ޕުތުރާ މިސްކިތުގައި ހިމެނެނީ މައިގަނޑު ތިން ބަޔަކަށް ބެހިގެންދާއިރު މިއިން ކޮންމެ ބައެއްވެސް ހާއްސަކޮށްފައި ވަނީ އިސްލާމްދީންގެ އެކިއެކި ކަންކަން ކުރިއެރުވާއި ދިރިވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށެވެ. އެގޮތުން މި މިސްކިތުގެ ސާދާ އަދި ރީތި ނަމާދު ހޯލާއި، ސާން ނުވަތަ ގޯތިތެރޭގެ އިތުރުން އުނގެނުމުގެ ވަސީލަތްތަކާއި ހަފްލާތައް ބާއްވުމަށް ހާއްސަ ބައެއްވެއެވެ.

ޕުތުރާ މިސްކިތް ދުރުން ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯއެއް

މި މިސްކިތުގެ ގޯތި ތެރޭގައި 5000 މީހުންނަށް ފަސޭހަކަމާ އެކު އުޅެވޭނެ ޖާގަ އޮތްއިރު މި ތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ރީތިކޮށް ހަދާފައިވާ ކޮލޮނޭޑްތަކުން ވަށާލެވިފައިވާ ފެންގަނޑުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

މި މިސްކިތުގައި ކޮންފަރެންސްތަކާ، ސެމިނާތަކާ، ސިމްޕޯޒިއަމްތަކުގެ އިތުރުން ކޮންވެންޝަންތަކާ މައުރަޒުތައް ބާއްވާއިރު ހުރިހާ ދީންތަކާއި އަގީދާތަކަށް ތަބާވާ މީހުންނަށްވެސް މި މިސްކިތަށް ވަދެވެނީ އަންހެނުން ބޮލުގެ އިސްތަށިގަނޑު ނިވާކޮށްގެންނެވެ. މަޑުމަޑު ފިޔާތޮށި ކުލައެއްގެ މި މިސްކިތަކީ މެލޭޝިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަޝްހޫރު މިސްކިތެކެވެ.