ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ސްރީލަންކާގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް ޑރ. ވިޖިތާ ހެރަތު،ގެ ދައުވަތަކަށް، ސްރީލަންކާއަށް ކުރައްވާ ދަތުރަކީ މި މަހުގެ 18 އިން 21 އަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި ސްރީލަންކާގެ ރައީސް އަދި ސްރީލަންކާގެ ބޮޑުވަޒީރު ގެ އިތުރުން އެ ގައުމުގެ ފޮރިން މިނިސްޓަރާއި އެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހި އާއިލާތަކާއި ބައްދަލުކުރުމުގެ އިތުރުން އެ ގައުމުގެ އަމިއްލަ ވިޔަފާރިތަކާއި މަޝްވަރާކޮށް ގުޅިގެން ކުރެވޭނެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއިން ސަރަހައްދީ ގައުމުތަކާއެކު އޮންނަ ހާރިޖީ ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމުން އަންނައިރު މިދިޔަ މަހު މިނިސްޓަރު ހަލީލް ވަނީ އިންޑިއާއަށްވެސް ރަސްމީ ދަތުރެއްކުރައްވާފައެވެ.