ހުސްވި މަހު އެކަނިވެސް ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި ޖެނުއަރީ މަހު ޖުމްލަ 214،863 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 192،381 ފަތުރުވެރިންނެވެ. އެހެންކަމުން ހުސްވި އަހަރާ އަޅާ ބަލާއިރު މި އަހަރުގެ މި މުއްދަތުގައި 11 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައި ވެއެވެ.

އިމިގްރޭޝަނުން ބުނީ އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 6،931 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު އެންމެ ގިނައިން ފަތުރުވެރން ޒިޔާރަތް ކޮށްފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ޖުމްލަ 9،199 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ފަތުރުވެރިން އެންމެ ގިނައިން އަންނަ 10 ގައުމު:

  • ޗައިނާ - 35،948 ފަތުރުވެރިން
  • ރަޝިއާ - 21،835 ފަތުރުވެރިން
  • އިޓަލީ - 19،766 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 19،011 ފަތުރުވެރިން
  • ޖަރުމަނު - 12،571 ފަތުރުވެރިން
  • އިންޑިއާ - 10،170 ފަތުރުވެރިން
  • ފްރާންސް - 7،324 ފަތުރުވެރިން
  • އެމެރިކާ - 6،563 ފަތުރުވެރިން
  • ޕޮލެންޑް - 4،592 ފަތުރުވެރިން
  • ސައުތް ކޮރެއާ - 3،622 ފަތުުރުވެރިން

އެއާއެކު ރާއްޖެ އަންނަަ ފަތުރުވެރިންގެ ތެރެއިން 69.6 ޕަސެންޓު މީހުން ދަނީ ރިސޯޓް ތަކަށެވެ. އަދި 25.4 ޕަސެންޓު މީހުން ގެސްޓްހައުސްތަކަށް ދާއިރު، ހޮޓަލްތަކަށް ދަނީ 2.5 ޕަސެންޓު މީހުންނެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 172 ރިސޯޓާއި 796 ގެސްޓްހައުސް އާއި 155 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.