ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025އަށް ހާއްސަކޮށްގެން ބިޒްނަސް ސެންޓަރު ކޯޕަރޭޝަން، (ބީސީސީން) ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ.
އޭޕްރިލް މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާ މި ޗެލެންޖާއި ގުޅޭ ގޮތުން ބީސީސީން ބުނީ މި ޗެލެންޖުގައި ބައިވެރިކުރާ ވީޑިއޯތައް ވާންޖެހޭނީ ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދޭ އަދި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އިސްތިހާރުކޮށް މައުރަޒަށް ޒިޔާރަތްކުރުމަށް ބާރުއަޅާ ވީޑިއޯއަކަށްކަމަށެވެ.
މިޗެލެންޖުގައި ކޮންމެ މަހަކު އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ޗެލެންޖުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު ހޮވޭ ފަރާތަކަށް ބޮޑު އިނާމެއްގެ ގޮތުގައި 15000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ބީސީސީން ވަނީ ބުނެފައވެެ. އިނާމް ލިބޭ ފަރާތްތައް ކަނޑައަޅާނީ އުފެއްދުންތެރިކަމަށާއި އަމިއްލަވަންތަކަން އަދި ކޮންޓެންޓުގެ އިތުރުން އެންމެ ގިނަ ލައިކް އަދި ޝެއާ ލިބޭ ފަރާތްތައް ބެލުމަށްފަހުގައި ކަމަށް ބީސީސީން ވަނީ ބުނެފައެވެ.
މި ޓިކްޓޮކް ޗެލެންޖުގައި މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތަކީ:
- އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް 40 ޕަސެންޓު މާކްސް
- ވީޑިއޯ ކޮންޓެންޓަށް 30 ޕަސެންޓު މާކްސް
- ލައިކް، ޝެއާ އަދި ކޮމެންޓަށް 30 ޕަސެންޓު މާކްސް