ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ފެންސެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކުޅުދުއްފުށި ސިޓީގައި ދުއްވި ޕިކަޕެއް ފެންސްއެއްގައި ޖެހޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެ ޕިކަޕް ދުއްވާފައި ވަނީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.އަދި މި މައްސަލައާ ގުޅިގެން ޕިކަޕް ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުއްޖާ ދުއްވި ޕިކަޕް ގޮސް ޖެހެނީ ކުޅުއްފުށިީ އެއާޕޯޓްގެ ފެންސްގައެވެ.