ދަ ޑިމޮކްރެޓްސްގެ މުސްތަގްބަލު އަދިވެސް އޮތީ ވަރަށް އުޖާލާކޮށް ކަމަށާއި ފިކުރެއްގެ ދިރުމުގެ ބާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދިވެސް ހުންނެވީ އެ ޕާޓީއާ އެކުގައި ކަމަށް ބުނެފިއެވެ.
ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުންތަކެއް އެ ޕާޓީން އިސްތިއުފާ ދެއްވައި ވަނީ ކުރިން އެ ބޭފުޅުން މަސައްކަތް ކުރެއްވި ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި ނައިބު ރައީސް ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ އެމްޑީއަކަށް ކުރިން ހުންނެވި ހުސެއިން އަމްރު އަދި އެ ޕާޓީގެ ޕީޖީ ލީޑަރުކަން ކުރެއްވި ކުރީގެ މެންބަރު އަލީ އާޒިމް އެވެ.
މި ބޭފުޅުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިއަދި ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ވަކިވެވަޑައިގެން މެންބަރުން ކޮށްދެއްވި މަސައްކަތްތަކަށް ވަނީ ޝުކުރު އަދާ ކޮށްފައެވެ. އަދި އެ ބޭފުޅުން ޕާޓީން ވަކިވެވަޑައިގަތުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.
ސީޔާސީ މަސައްކަތުގައި ކުރިއަށް ދާ އިރު، ހިޔާލު ތަފާތުވާ ހާލަތްތައް އައުމަކީ ވެދާނެ ކަމެއް ކަމަށާއި އަދި ޕާޓީ ބަދަލުވުމަކީ ވެދާނެ ކަމެއް ކަމަށް ޑިމޮކްރެޓުން ބުނެއެވެ. އެ ބޭފުޅުން ޕާޓިން ވަކިވެވަޑައިގެން ކަމުގައި ވީ ނަމަވެސް އަދުލު އިންސާފުގެ ތިލަފަތުގެ ބާނީ އަދި ފިކުރެއްގެ ދިރުމުގެ ބާނީ އަދިވެސް ހުންނެވީ ޑިމޮކްރެޓްސްއާ އެކުގައި ކަމަށް ބުނެއެވެ. އެ ޕާތި އުފެދިގެން އައި އިރު ވެސް ޒުވާނުންނަށް އިސްކަން ދީގެން ކުރިއަށް ދިއުމުގެ ރޫހު އަދިވެސް އެ އޮތް ގޮތަށް އޮތް ކަން ފާހަގަ ކޮށް ވީހާ ވެސް ގިނަ ޒުވާނުން އެ ޕާޓީއަށް ގުޅުމަށް ވެސް ވަނީ ގޮވާލާފައެވެ.
ޕާޓީ ފެއިލް ވެދާނެ ކަމަކަށް އެއްގޮތަކަށް ވެސް ނުފެންނަ ކަމަށާއި އެ ޕާޓީއަކީ ޒުވާން ކުޑަ ޕާޓީއެއް ކަމަށާއި މިހާރު ވެސް ކުރިއަށް ނުނުންނަންވީ ކަމަށާއި މުސްތަގްބަލް ފެންނަނީ ވަރަށް އުޖާާކޯށް ކަމަށް އެ ޕާޓީން ބުނެއެވެ.