ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް އެތެރެވި ބޯޓެއް ޑްރޯންގެ އެހީގައި ހޯދައި ހިފަހައްޓައިފިއެވެ.

ސިފައިން 'އެކްސް'ގައި ޑްރޯނުން ނަގާފައިވާ ފޮޓޯތަކާ އެކު ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެތެރެވި މަސް ބޯޓެއް ހޯދައި ކޯސްޓްގާޑުން ހިފެހެއްޓީ މިއަދެވެ.

އެކަމަކު އެ ބޯޓާ ބެހޭ އިތުރު ތަފްސީލެއް އަދި ހާމަ ނުކުރެއެވެ.

ސިފައިން ވަނީ މިދިޔަ މަހުގެ މެދުތެރޭގައި ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ނުގަވައިދުން ވަތް ބޯޓެއް ޑްރޯންގެ އެހީގައި ހޯދައި ހިފަހައްޓައިފައެވެ.