އުރީދޫ މޯލްޑްވްސް އިން ކުރިއަށް ގެންދާ ކޮންމެ 3 ދުވަހަކުން ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަންގެ ދަށުން އެންމެ އަގުހުރި އިނާމް ރެބެލް 300 އާއެކު ބާކީ އިނީ 5 ސައިކަލު ކަމަށް އުރީދޫ އިން ބުނެފިއެވެ.
އުރީދޫއިން ބުނީ 23 ސެޕްޓެމްބަރުން ފެށިގެން މި މަހުގެ 31ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި މިހާތަނަށް 25 ނަސީބުވެރި ފަރާތެއް ހޮވާފައިވާ ކަމަށެވެ. އަދި މި ޕްރޮމޯޝަންގައި ބާކީ ހުރި ސައިކަލުތަކަކީ:
- ދެ އެއާބްލޭޑް 160
- އެއާބްލޭޑް 125
- ޕީސީއެކްސް 160
- ރެބެލް 300
އުރީދޫއިން ބުނީ ބާކީ އިން 5 ސައިކަލު ހޯދާ ނަސީބުވެރި ފަރާތަކަށް ވުމުގެ ފުރުސަތު އަދިވެސް ކަސްޓަމަރުންނަށް އެބައޮތް ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އުރީދޫގެ ކަސްޓަމަރުންގެ އިތުރުން އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
އުރީދޫ ކަސްޓަމަރުންނަށް 250 ގެ ޕްރިޕެއިޑް ރީޗާޖު ކޮށްގެން ނުވަތަ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލް ދައްކައިގެން ނުވަތަ ޑޭޓާ ޕެކޭޖް އެކްޓިވޭޓު ކޮށްލައިގެންވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ހަމައެއާއެކު އުރީދޫގެ އާ ކަސްޓަމަރެއްނަމަ އުރީދޫގެ ހިދުމަތެއް ހޯދުމަށް 400 ރުފިޔާ ހަރަދުކުރުމުންވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްލީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.