ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެމެނީ ލިމިޓެޑް (ސްޓެލްކޯ)އިން މާދަމާ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމާފައިވާ ކަމަށް ބުނެފިއެވެ.
ކުޑަކުދިންގެ ހަވީރު ކުރިއަށް ދާނީ މާދަމާ ހަވީރު 4:00 އިން 6:00އަށް އަދި ރޭގަނޑު 8:00 އިން 9:30 އަށް ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތުގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ވޭތުވެދިޔަ 6 މަސްދުވަހު އެ ކުންފުނީގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާ ކަމަށެެވެ.
މި ކުޑަކުދިންގެ ހަވީރަކީ އެ މުވައްޒަފުންގެ ހިތްވަރާއި ޖޯޝާއި މަސައްކަތުގެ ނަމޫނާ އަހުލާގު ފާހަގަކޮށް، އެ މުވައްޒަފުންގެ ހުނަރުވެރިކަން އެ މުވައްޒަފުންގެ އާއިލާތަކަށް ދައްކާލުމާއި އެ އާއިލާތަކުގެ ކުޑަކުދިންގެ އިތުރުން ހުރިހާ ކުޑަކުދިންނަށް ހުޅުވާލައިގެން ބާއްވާ ހާއްސަ ކުޑަކުދިންގެ ހަވީރެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މި ކުޑަކުދިންގެ ހަވީރުގައި ތަފާތު ގޭމުތަކާއި މެސްކޮޓް އަދި އެހެނިހެން ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.