ހުޅުމާލެ ރެޑްބުލް ސްކޭޓް ޕާކުގައި ބަރަހަނާ ހާލުގައި ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ހުޅުމާލެ ރެޑްބުލް ސްކޭޓް ޕާކުގައި ހުރި އެ ފިރިހެން މީހާގެ ވީޑީއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މީހާ ހުރީ ސިނގިރޭޓެއް ބޯށެވެ. އަދި އެ މީހާގެ ކައިރީގައި ޓީޝާޓަކާއި ހެލްމެޓެއް ވެސް އޮތެވެ. އަދި އެމީހާ ޓީޝާޓު ލާން އުޅޭތަން ވެސް އެ ވީޑިއޯއިން ފެނެއެވެ.

މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިހާރު އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.