އެސްޓިއޯ އިން ތަފާތު ގިނަ ބްރޭންޑްތަކުގެ ތަކެތި ހިމެނޭހެން އެސްޓީއޯއިން ބޮޑެތި ޑިސްކައުންޓްތަކާއި އެކު ވެއާ ހައުސް ސޭލް ފަށައިފިއެވެ،
ހުސްވީމަ ހުސްވީ"ގެ ނަމުގައި މިއަދުން ފެށިގެން ނޮވެމްބަރު 4، 2024ގެ ނިޔަލަށް ކުރިއަށް ގެންދާ މި ވެއާ ހައުސް ސޭލްގައި ހިމެނޭ ބްރޭންޑް ތަކުގެ ތެރޭގައި:
- ހިޓާޗީ
- މަކިޓާ
- ނިޕޯން ޕެއިންޓް
- ރެމިންގްޓަން
- ރަސްލް ހޮބްސް
މީގެ އިތުރުން ބަދިގެ ތެރޭގައި ހިފާ ގެންގުޅޭ ތަފާތު ގިނަ ބާވަތެއްގެ އައިޓަމްތައް ހިމެނިގެންދާ މި ސޭލްއަކީ 80 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް އަގުތަކެއްގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ.
އެސްޓީއޯ ހެޑް އޮފީސް ގޯތި ތެރޭގައި ކުރިއަށް ދާ މި ވެއާ ހައުސް ސޭލް ކުރިއަށް ދާނެ ގަޑި ތަކަކީ
- ނޮވެމްބަރު 1، 2024 (ހުކުރު) - 17:00 – 18:00 އަށް އަދި 20:00 – 23:00
- 2 ނޮވެމްބަރު 2، 2024 (ހޮނިހިރު) - 16:00 – 18:00 އަށް އަދި 20:00 – 23:00
- 3 ނޮވެމްބަރު 3، 2024 (އާދީއްތަ) - 16:00 – 18:00 އަށް އަދި 20:00 – 23:00
- 04 ނޮވެމްބަރު 4، 2024 (ހޯމަ) - 16:00 – 18:00 އަށް އަދި 20:00 – 23:00
އެސްޓީއޯއިން ކުރިއަށް ގެންދާ މިވެއާ ހައުސް ސޭލްގެ ތެރެއިން 500 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ސޭލް ކުރިއަށްދާ ކޮންމެ ރެއަކު ނަސީބުވެރި ފަރާތެއް ހޮވުމުގެ އިތުރުން ވެއާ ހައުސް ސޭލް ނިމުމުން ނެގޭ ގުރުވަތުގައި ނަސީބުވެރި އެއް ފަރާތަކަށް ބޮޑު އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ.
އެސްޓިއޯ އިން މާލޭގެ އިތުރުން އެ ކުންފުނީގެ ފިހާރަތައް ހުންނަށް ރަށްރަށުގައި ވެސް ކޮންމެ އަހަރަކު ވެއާ ހައުސް ސޭލް ކުރިއަށް ގެންދެއެވެ.