މާލޭގައި ހުންނަ ކެފޭއެއްގެ ފުރާޅު މައްޗަށް ވެއްޓުނު މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.

މީޑިއާ އަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާފަންނު ހަވީރީ ހިނގުމުގައި ހުންނަ ޖޭޒް ކެފޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓުނު ކަމުގެ މައުލޫމާތު ރޭ 11:15 ހާއިރު ލިބުނު ކަމަށެވެ.

ފުލުހުން ބުނީ، ޖޭޒް ކެފޭގެ ފުރާޅު މައްޗަށް ވެއްޓުނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަދި ސިފައިންގެ އެހީތެރިކަމާއެކު ފުރާޅު މަތިން އެ މީހާ ނަގައި، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެ މީހާގެ ހާލު ސީރިޔަސްތޯ ނުވަތަ ނޫންތޯއެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންދާ ކަމަށެވެ.