ޕޮލިސް ކޮމިޝަނަރު އޮފީހުގެ ވެރިޔަކަށް ހުންނެވި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން، ސާވިސް ޑިވެލޮޕްމަންޓްގެ ޑިރެކްޓްރޭޓްގެ ވެރިޔާ ކަމަށް ބަދަލުކޮށްފިއެވެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ ފުލުހުންގެ އިދާރާގެ ބަހާތަކުގެ ހިންގުމަށް އަބަދުވެސް ބަދަލު ގެންނަކަމަށެވެ. އެގޮތުން ހެޑް އޮފް ސާވިސް ޑިވެލޮޕްމަންޓްގެ، ޑިރެކްޓަރުގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާނު ބަދަލު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ކޮމިޝަނަރުގެ އޮފީހުގެ ވެރިޔާގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މޫސާ އަލީ ހަމަޖައްސާފައި ވާކަމަށެވެ.

މޫސަ ކުރިން ހުންނެވީ ނ، ރ، ބ އަދި ޅ. އަތޮޅުގެ ރީޖަނަލް ކޮމާންޑަރަކަށެވެ. އަދި ސާވިސް ޑިވެލޮޕްމަންޓް ޑިރެކްޓްރޭޓަކަށް ބަދަލުކުރެއްވީ އެ މަގާމުގެ ދައުރު ހަމަވުމުންނެވެ.

މީގެ ކުރިން ޝިފާންވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ވެރިޔާގެ މަގާމާއި މާލެ ސިޓީ ޕޮލިސްގެ ވެރިޔާކަން ވެސް ކުރައްވައިފައެވެ.