އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ނޮވެމްބަރު މަހުގެ 10 ވަނަ ދުވަސް ބަންދުކުރީ، ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11 ކަމަށް ވާތީއެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ އާދީއްތަ ދުވަހެވެ. އަދި ޖުމްހޫރީ ދުވަސް ދިމާވަނީ ހޯމަ ދުވަހާއެވެ.

ސަރުކާރުން މި ނިންމުން ނިންމީ ރައީސް އޮފީހުން ބުނި ގޮތުގައި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، ސަރުކާރު މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ.

މީގެ ކުރިން ވެސް ރަސްމީ ބަންދު ދުވަސްތަކާ ގުޅުވައި، ސަރުކާރުން މިފަދައިން އަމަލުކުރެއެވެ.