މި އަހަރުގެ ބަޖެޓުން ހަރަދުތައް ހަަމަނުޖެއްސޭނެ ކަމަށް ބަލައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާ ވާހަކަ ވިދާޅުވި ނަމަވެސް އެއީ ކިހާވަރެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ ސަޕްލިމެންޓު ކުރަން ޖެހޭ ސީދާ އަދަދެއް ކަނޑައަޅާ ނިންމާނީ ކެބިނެޓާއި ރައީސް ޑރ. މުއިއްޒުގެ ލަފާ ހޯއްދަވައިގެން ކަމަށެވެ. ނަމަވެސް ޒަމީރު ވަނީ ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑަކަށް ހިޔެއް ނުވޭ 10 ބިލިއަންއާ ހަމައަށް ދާނެހެންނެއް. އެއަށް ވުރެ އަޅުގަނޑުމެންގެ ފޯކާސްޓުތަކުން ދައްކަނީ ސްޕެންޑިން އާއި ރައީސް ފަހަކަށް އައިސް ގެންނެވި ހަރުދަނާ މާލީ އިސްލާހު ތަކާ އެކު
ފޮރިން މިނިސްޓަރު

ފާހަގަކޮށްލެވޭ ގޮތުގައި މިިދިޔަ ދެ އަަހަރުވެސް ވަނީ މަޖިލީހުން ފާސްކުރި ބަޖެޓަށް ވުރެ ހަރަދުތައް ބޮޑުވެގެން ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްފައެވެ. އެގޮތުން ނިމިދިޔަ 2023 ވަނަ އަހަރު ވަނީ އެ އަހަރަށް ލަފާކުރި 42.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.

މިއަހަރަަށް ފާސްކޮށްފައިވާ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމިޓީގައި ބުނެފައި ވަނީ ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ހަރަދު ހިނގާނެ ކަމަށް ފިނޭންސުން ލަފާކުރީ ޕީއެސްއައިޕީ އާއި އިންޑިރެކްޓް ސަބްސިޑީ އާއި ދަރަނި އަދާކުރުމަށް ކަމަށެވެ.