ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް ބަދަލުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަނުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ފައިރޫޝް ބަދަލުކުރީ އަންގާރަ ދުވަހުގައެވެ.

ރޭ 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ފައިރޫޝް ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި އޭނާ ކުރެއްވި މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަން ފާހަގަކުރައްވައި، މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ފުލުހުންގެ ހިދުމަތުގައި 20 އަހަރު މަސައްކަތްކުރެއްވުމަށް ފަހު ޖެނުއަރީ 2021 ގައި ރިޓަޔާކުރެއްވި ފައިރޫޝް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ.