ކުޑަކުދިންގެ ދިވެހި ފިލްމު "ރޮބޯމޭން: ދަ މޫވީ" ޝްވެކް ސިނަމާގައި އަޅުވަން ފަށައިފިއެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި މި ފިލްމު ޕްރިމިއާކުރިއިރު މި ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ކުޑަކުދިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ރޮބޮމޭން އަށް ހާއްސަކޮށް އުފައްދާފައިވާ މި ފިލްމު އޮލިމްޕަހުން ނުބެލުނު އެންމެންނަށް ފިލްމު ބަލާލުމަށް މިއޮތީ ފުރުސަތެކެވެ. ފިލްމު ދެވަނަ ފަހަރަށްވެސް ބަލައިލަން ބޭނުންވާ މީހުންނަށްވެސް އެ ފުރުސަތު އެބައޮތެވެ. މި ފިލްމު ވަނީ އަތޮޅު ތެރޭ ބައެއް ރަށްތަކުގައި ވެސް ދައްކާފައެވެ.

https://youtu.be/0b6ApU09dkc

މި ފިލްމަކީ. އޯކޭޒްއިންކްގެ ވެރިޔާ މުހައްމަދު މުންތަސީރް (މުންކޮ) ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. އާއިލާއާއެކު މަޖާ ވަގުތުކޮޅެއް ހޭދަކުރުމަށް މި ފިލްމަކީ ހުރިހާ އުމުރަކަށްވެސް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމުގައި ވަރަށް ގިނަ ކުޑަކުދިން ހަރަކާތްތެރިވާނެއެވެ. ފިލްމުގައި ކުޑަކުދިންތަކާއެކު ހަރަކާތްތެރިވާނީ މަޝްހޫރު ރޮބޯމޭންއެވެ. ރޮބޮމޭން ފިލްމަކީ އިބްރާހިމް ވިޝާން (ކަނޑި) އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ މަހުދީ އަހުމަދެވެ.